އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ މުޅި އުމުރުގައިވެސް މި ޙަދީޘްފުޅުގައިވާ ފަދައިން އެންމެ ނަމާދެއްވެސް ކޮށްފިން ހެއްޔެވެ؟

ތިބާގެ މުޅި އުމުރުގައިވެސް މި ޙަދީޘްފުޅުގައިވާ ފަދައިން އެންމެ ނަމާދެއްވެސް ކޮށްފިން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ނަމާދުކުރާ ބައެކެވެ. ތިބާގެ ޢުމުރަކީ 40، 50، 60 އަހަރު ކަމުގައިވެސް ވެދާނެއެވެ. އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ޢުމުރުން މިހައިދުވަސްވީއިރުވެސް، އެތައް ހާސް ނަމާދުތަކެއް ކުރެވުނުއިރުވެސް ރަސޫލް ގެ މި ޙަދީޘްފުޅާއި އެއްގޮތަށް އެންމެ ނަމާދެއްކުރަން ވެސް މަސައްކަތްކޮށްފިންހެއްޔެވެ؟ 

އެ ޙަދީޘްފުޅަކީ ހުރިހާ މުސްލިމުންވެސް ދަންނަ ހަދީޘްފުޅެކެވެ. "ކުރާ ކޮންމެ ނަމާދަކީވެސް ތިމާއަށް ކުރެވޭ އެންމެ ފަހު ނަމާދުކަމަށް ބަލައި ކޮންމެ ނަމާދެއްވެސް ވީހައި ފުރިހަމައަށް ކުރަން" އޮތް ޙަދީޘްފުޅެވެ. 

މީސްތަކުންނޭވެ! ދެން ކުރާ ނަމާދެއް ނުވަތަ ވަގުތުވެގެން ކުރާ ނަމާދެއް ފުރިހަމައަށް ކުރަން ވިސްނައި އެވަގުތު ކުރާ ނަމާދަށް ފަރުވާކުޑަނުކުރާށެވެ! އިތުރު ނަމާދެއް ކުރަން ފުރުޞަތު ނުލިބި ދުނިޔެ ދޫކުރަންޖެހިދާނެއެވެ. 

ތިބާއަށް ދުނިޔެ ދޫކުރަންޖެހުނީ ފަރުވާކުޑަކޮށް ނަމާދުކުރާ މީހެއްގެ ގޮތުގައިހުރެ ކަމަށްވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ދުނިޔެ ދޫކުރަންޖެހުނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވީހައި ބޮޑަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ވެއްޖެ ނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ. 

ކޮންމެ ނަމާދެއްކުރާއިއރުވެސް ވީހައި ބޮޑަށް ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ. ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ އެކަން މިންވަރުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ! ޤަބޫލުކުރަމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދައްކާނެ ވާހަކަ ނެތިގެނެއްވެސް ނޫނެވެ. ކުރާ ނަމާދު ނަމާދަކަށް ހެދިގެން ނޫނީ ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ނެތުމުންނެވެ. ވީމާ އެކަމަށްވުރެ މުހިންމުކަން ބޮޑު އެހެންކަމެއް ނެތުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް