އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑަކީވެސް ދީނީ ކަމެއްކަން ސާބިތުވާ ހެކިތައް ވަރަށް ގިނަ! ޝިފާ ލިބުން އޮތީ ހަމައެކަނި ﷲ ގެ ރަޙްމަތުން!

ކޮވިޑަކީވެސް ދީނީ ކަމެއްކަން ސާބިތުވާ ހެކިތައް ވަރަށް ގިނަ! ޝިފާ ލިބުން އޮތީ ހަމައެކަނި ﷲ ގެ ރަޙްމަތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

މިހާރު މުޅި ދުނިޔެއަށް ފެތުރި ވަބާއަކަށްވެގެން މިއުޅޭ ކޮވިޑަކީވެސް ދީނީ ކަމެއްކަން ސާބިތުވާ ހެކިތައް ވަރަށް ގިނައެވެ. ބައްޔާއިމެދު ވިސްނައިލުމުން އެނގިގެންދަނީވެސް އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.

ފުރަތަމަ ކަމަކީ ބަލިޖެހޭ މީހުންގެ 90 އިންސައްތަ މީހުން ބަލިން ފަސޭހަވާއިއރު އެމީހުންނަށް ބަލިޖެހުނުކަން އެމީހުންނަށްވެސް ނުއެނގެއެވެ. އެއްވެސް އުނދަގުލެއް ނުވެއެވެ.

ދެވަނަކަމަކީ ބަލިޖެހުނުކަން އެނގޭ މީހުންގެ ތެރެއިން އެންމެ ގިނަ ބައަކު ބަލިން ފަސޭހަވަނީ އެންމެ ބޭސްގުޅައަކާއިވެސް ނުލައިކަމަށްވުމުންނެވެ.

ވީއިރު ބަލިޖެހުނުކަން ނުއެނގިތިބެ ބަލިން ފަސޭހަވާ މީހުންނާއި ބަލިޖެހުނުކަން އެނގުނު ނަމަވެސް އެންމެ ބޭސްގުޅައަކާއި ނުލައިވެސް ބަލިން ފަސޭހަވަނީ ކޮން ޑޮކްޓަރެއްގެ ނުވަތަ ކޮން ބޭހެއްގެ މޮޅުކަމުން ހެއްޔެވެ؟

ތިންވަނަކަމަކީ ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން، އެންމެ ފެންވަރު ރަނގަޅު ފަރުވާ ދެމުން ދަނިކޮށް ބަލިޖެހޭ ޒުވާނުން އެބަ މަރުވެއެވެ. ޑޮކްޓަރުންނާއި ނަރުހުން ބަލީގައި މަރުވަމުންދަނީ މަދަކުން ނޫނެވެ. ވީއިރު ޑޮކްޓަރުންގެ އޮތީ ކޮން މޮޅުކަމެއް ހެއްޔެވެ؟ ޑޮކްޓަރުންނަށް ވެސް ޝިފާ ލިބޭނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުންކަން ޤަބޫލުކުރަން މިހެކިތައް ނުފުދެނީހެއްޔެވެ؟

ކޮންމެ ހުކުރު ދުވަހެއްގެ ޚުޠުބާގައި މިހާރު އެގެންދަނީ މިކަންކަން ވަރަށް ރަނގަޅަށް ހާމަކުރަމުންނެވެ. އެވާހަކަތައް އަޑުވެސް ނުއަހާ، ހުކުރަށް ނުދާ ސެކިޔުލާރ ފިކުރުގެ މީހުން ދައްކާ ވާހަކަތައް ޤަބޫލުނުކުރާށެވެ! ޚުޠުބާގައި އެބުނާ ފަދައިން ޤަބޫލުކުރާށެވެ! ޝިފާލިބުންވަނީ ﷲ ތަޢާލާގެ ރަހްމަތުންކަން ޤަބޫލުކުރާށެވެ! އެރަޙްމަތް ލިބިގަތުމަށްޓަކައި ޞިއްޙީ މާހިރުން ﷲ ތަޢާލާގެ ދީނާއި ޚިލާފްނުވާ ގޮތަށް ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަމުން ގެންދާށެވެ.

މާސްކް އަޅާށެވެ! ލޮލުންވެސް ވައިރަސް ވަންނާނެކަމަށް ޞިއްޙީ މާހިރުން ބުނާއިރު ވައިރަސް ލޮލުން ވަނަ ނުދިނުމަށް ލޮލުގައި ގޮގްލްސްވެސް ނާޅަންވީ ސަބަބެއް ނެތެވެ. އެމީހެއްގެ ކިބައިގައި އެވަރުގެ ކުލަދާނަކަން ހުރިނަމަ ހަމައަޅަންވީއެވެ. ގިނަގިނައިން އަތްދޮންނާށެވެ. ޢާންމު ދިރިއުޅުމުގައި ގައިދުރުކުރާށެވެ!

ކަމުގެ ޙަޤީޤަތަކީ މިއީ ކަމަށްވާއިރު ކޮރޯނާއަކީ ދީނީ ކަމެއް ނޫންކަމަށް ދައްކުވަން މަޖިލީހުގައި ޞިއްޙީ ވަޒީރު ދެއްކި ސެކިޔުލާފިކުރުގެ ވާހަކަތައް އެއީ ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫނެވެ. ﷲ ތަޢާލާގެ ކުލަދުންވަންތަކަން ޤަބޫލުކުރާ އެއްވެސް މުސްލިމަކު ޤަބޫލުކުރަން ހެޔޮވާނެ ވާހަކަތަކެއް ނޫނެވެ.

ވަޒީރު ހެދި އެންމެ ބޮޑު އެއް ދޮގަކީ މާސްކް ނާޅަން ބުނާބައަކު އުޅޭކަމަށް ދެއްކި ވާހަކައެވެ. އަދި މިހައިތަނަށް ރާއްޖޭގެ އެއްވެސް ދީނީ ޢިލްމުވެރިއަކު މާސްކް ނާޅަން ވިދާޅުވިކަން އެނގިފައެއް ނުވެއެވެ. އެފަދަ ބަހެއް ބުނެފިނަމަ އެމީހަކާއިމެދު ފިޔަވަޅު އެޅުމުގެ ބާރު އެޗްޕީއޭއަށް ލިބިގެންވާއިރު އެފަދަ ބަސްބުނާކަންވެސް އެނގޭއިރު ފިޔަވަޅު ނާޅައި އެތިބެނީ ކީއްވެގެންތޯއެވެ؟ ވީމާ ވަޒީރު ދެއްކި ވާހަކައިން އެނގެނީ ވަޒީރު ވަޒީރުކަމުގެ ޒިންމާވެސް އަދާނުކުރާ ކަމެކެވެ.

"އިލްމުވެރިއެއް ފަތުވާ ދެއްވަފާނެ، ގައިދުރުކޮށް ހުންނާކަށް ނުޖެހޭ، މާސްކު ނޭޅިއަސް އެންމެ ރަނގަޅު ވާނެޔޭ، ދެން މިހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެ ނޫންތޯ. އެއީ އެ ފަންނުގެ މީހުން ބުނާ އެއްޗަކާއި އެހެން އިލްމުގެ މީހުން ބުނާ އެއްޗަކާ ދިމާ ނުވެދާނެ. މިއީ ދީނީ މައްސަލައެއް ނޫން، މިއީ ބައްޔެއްގެ މައްސަލަ. މިކަހަލަ ނުރައްކާތެރި ވާހަކަތައް ފަތުރަމުން އެދަނީ މިއީ ކިހާދެރަ ކަމެއްތޯ. ކޮންމެ މިސްކިތަކުން އެގޮވަނީ، މާސްކު އަޅައިގެން އަންނާށޭ. އެކަަމަކު ތިމަންނާމެންނަށް މިބައްޔެއް ނުޖެހޭނޭ ބުނެ މާސްކު އަޅަން ދެކޮޅު އެބަހަދާ. މިކަމާ ވަރަށް ކަންބޮޑުވޭ،" ނަސީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް