އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑްގެ ކަންތަކުގަ މިސްކިތާއި ގުޅޭ ގޮތުން ނޫން އެހެން އެއްވެސް ކަމެއްގަ އެޗްޕީއޭ ސީރިއަސް ކަމަކަށް އަޅުގަޑަށް ގަބޫލު ނުކުރެވޭ ސަބަބުތައް!: ޑރ. އިޔާޟް

ކޮވިޑްގެ ކަންތަކުގަ މިސްކިތާއި ގުޅޭ ގޮތުން ނޫން އެހެން އެއްވެސް ކަމެއްގަ އެޗްޕީއޭ ސީރިއަސް ކަމަކަށް އަޅުގަޑަށް ގަބޫލު ނުކުރެވޭ ސަބަބުތައް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 56 ސިކުންތު

18. އަޅުގަޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކުރަން މިއުޅޭ ކަމަކީ ކޮބައިބާޔޭ? އަޅުގަޑަށް ހަމަ އެއްވެސް ގޮތަކަށް މިކަން ސާފުވާ ގޮތެއް ނުވޭ. މިހެން މިދަންނަވަން ޖެހުނު ސަބަބަކީ ކޮވިޑް. ގެ ކަންތަކުގައި މިސްކިތާއި ގުޅޭ ގޮތުން ނޫން އެހެން އެއްވެސް ކަމެއްގައި އެޗްޕީއޭ ސީރިއަސް. ކަމަށް އަޅުގަޑަށް ގަބޫލު ނުކުރެވޭތީވެ, 

މަގުމަތީގައި ސާމްޕަލް ނަގަން ތިބޭ ބޭފުޅުން ކުރީގައި ވިއްޔާ މަތި މައޗަށް އެތަށް ހެދުމެއް ލައިގެން ވަރަށް. ބޮޑަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ތިއްބަވަނީ. ނަމަވެސް މިހާރު އެބަތިއްބަވާ ބޯ ނިވާ ނުކުރައްވާ ވެސް. ބައެއް ފަހަރަށް މޫނުމަތީ އަޅާފައި އިންނަ ޝީލްޑު ނެތިވެސް އެބަދޭ.

19. ފުޓްބޯޅަ ފަރިތަ ކުރަން ހުއްދަ ދެވިއްޖެ. ގަޑިއެއްހާއިރު ވަންދެން ކުޅުންތެރިން ކުޅޭ އިރު ވެއްޓެން ވެސް ވެއްޓޭނެ. ވެއްޓޭ ދިމާލުގައި މުސައްލަ އެއްވެސް ނޯވޭ. ދަލުން ތަތްތެޅިގެން ތިބޭ ޙާލުގައި އަނެއް ކުޅުން ތެރިޔާ ގައިގާ ޖެހިގަންނަ އިރު ސެނެޓައިޒް އެއެއްވެސް ނުކުރޭ. މާސްކް އެއްވެސް ނާޅާ.  ނަމަވެސް އެޗްޕީއޭ ގެ މިންގަޑަށް ފެތޭ. ނަމަވެސް މިސްކިތުގައި ބަޔަކު މާސްކު ނާޅާ ކަމުގެ ޚަބަރު ލިބިވަޑައިގެން ހެލްތު މިނިސްޓަރ ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބަންޑުން ކޮށްލެއްވި.  އެވެސް ޢިލްމުވެރިން ފަތްވާ ދެއްވައިގެން ވާ ކަމެއް ކަމުގައި ވިދާޅުވި. ނަމަވެސްއެގޮތަށް ފަތުވާ ދެއްވި ޢިލްމުވެރިޔަކު ދެއްކިފައެއްވެސް ނެތް.

20. ފުޓްބޯޅަ ފަރިތަ ކުރުންތަކަށް ހުއްދަ ދެއްވިއިރު އެޗްޕީއޭ އިން ވިދާޅުވެފައި އެބައިން ކޮންމެ ކުޅުންތެރިޔަކު ވެކްސިން ޖަހަން ޖެހޭނެޔޭ, އަދި ކޮންމެ ދެހަފްތާއަކުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެޔޭ, ޕްރެކްޓިކްސް އަށް އަންނަންވާނީ އަދި ނިމިގެން އެނބުރި ދާންވާނީ މާސްކް އަޅައިގެންނޭ, ޓްރޭނިންގް ފެށުމުގެ ކުރިން އެންމެންގެ ފިނިހޫނިމިން ބަލަންވާނެޔޭ, ސެނެޓައިޒް ކުރުމުގެ ކަންތައް ހަމަ ޖައްސަން ވާނެޔޭ, ކުޅޭ އިރު މާސްކް ބޭނުމެއް ނޫން. މިހުރިހާ ހާސަރުތަކެއްގެ ބޭނުމަކީ އެއްޗެކޭ ކިޔާފައި ހުއްދަ ދިނުން. ފުޓްބޯޅަ އިން ގައުމަށް ރީތިނަން ހޯދައިދޭން ބޭނުންވާތީވެ. މިސްކިތަށް ދާ އެންމެންނަށްވެސް މިކަހަލަ އުޞޫލެއް ހަމަޖައްސައިގެން ނަމަވެސް ޖަމާޢަތް ހުއްޓާނުލާ ވޭތޯ ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރެވެނީ. ސަބަބަކީ އަޅުކަންކޮށްގެން الله ގެ ރުއްސެވުން ހޯދައި, ގައުމަށް ތަރައްގީ އާއި ތަމައްދުން ގެންނަން އަޅުގަޑުމެން ބޭނުން. މިކަހަލަ ދެއުޅި އެއްނުވާ އުޞޫލުތަކުގެ ސަބަބުން މީސްތަކުންގެ ހިތުގައި ނުތަނަވަސްކަން އުފެދުން ނޫން ކަމެއް ނުވާނެ.

21. އެޑިޔުކޭޝަން އަށް އެޗްޕީއޭ އިން އަންގަވާފައިވަނީ ސްކޫލްތަކުގެ ކިޔެވުން އެއްކޮށް އޮންލައިން އަށް ބަދަލު ކުރަން. ނަމަވެސް, އެބޭފުޅުންގެ ޓެކްނިކަލް ޓީމުން ނިންމެވީ ވަކި ގްރޭޑް ތަކެއްގެ ކިޔެވުން ސްކޫލަށް ގެންގޮސްގެން ކުރިޔަށް ގެންދަން. ވީމާ, އިސްލާމިކް މިނިސްޓްރީ އިންވެސް އެޗްޕީއޭ އިން ޖަހާހާ ބަރަކަށް ނެށައިގެން ނުވާނެ. އަދި ދައްކާހާ ބިރަކަށް ސިހިގެންވެސް ނުވާނެ. އޭގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ކަންތައްތަކެއް ކުރަން އެބައ ޖެހޭ. އަޅުގަޑުމެންނަށްވެސް ދޫދެވުނު މިންވަރަކަށް ދޫދޭންވީ. ނަމަވެސް ދޫނުދެވޭނެ ކަންތައްތަކެއް ހުންނާނެކަން އެބޭފުޅުންނަށް ހާމަ ކުރަން ޖެހޭ. އަޅުގަޑުމެން މިއުޅެނީ އަމިއްލަ ކަމެއްގަ އެއް ނޫން. މިއުޅެނީ ދީނީ ކަމެއްގައި. އެހެންވީމާ އެހެން ކަންކަމުގައި ދޫދޭގޮތާއި ދީނުގެ ކަމެއްގައި ދޫދޭ ވައްޓަފާޅި ތަފާތުވާނެ. ފިޔަވަޅު އަޅަން ޖެހޭނީ ފަހަރަކު ކަމެއް.. ފުރަތަމައިނުން ވެސް ގޮސް ބޮންތީގައި ހިފައިގެން ނުވާނެ. ވަކި ގަޑިއެއްގެ ފަހުން ވެހިކަލް ނުދުއްވާށޭ ވިދާޅުވީމާ އަޅުގަޑުމެން އެކަމަކާ އިންކާރެއް ނުކުރަން. ވަކި ގަޑިއެއްގެ ފަހުން ގެއިން ނިކުމެގެން ނުވާނެޔޭ ބުނީމާވެސް އަޅައެއް ނުލަން. ނަމަވެސް, ނަމާދާއި ހަމައަށް އައިމާ, އަޅުގަޑުމެން ރުޖޫޢަވާން ޖެހޭ މަޞްދަރުތަކެއް އެބަހުރި. އެމަޞްދަރުތަކަށް ރުޖޫޢަވެ, އޭގެ އަލީގައި މެނުވީ އަޅުގަޑުމެންނަށް ގޮތެއް ނުނިންމޭނެ.

22. ގައިދުރުކޮށް ނަމާދުކުރަން ބުނާނަމަ ކިހިނެއްތޯ ވާނީ މައްކާގެ ޙަރަމްފުޅުގެ ނަމާދު ޓީވީ އިން އަޅުވައިގެން ގޭގެ ކޮޓަރި ތެރޭ ހުރެ ނަމާދު ކުރުން. އޭރުން ޙަރަމްގައި ނަމާދު ކުރުން ކަމަށްވެސް ވެދާނެކަން ނޭގެ.

23. އަޅުގަޑުމެން ބޭނުންވަނީ ބަލިން ސަލާމަތްވާން ކަމަށް ވަނީނަމަ އަޅުގަޑުމެންނަށް އޮތީ އަޅުގަޑުމެން ގެ ޢަމަލުތައް އިޞްލާޙުކޮށް އުޅުން ރަގަޅު ކުރުން. މިއީ ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނެއް ކަމާއި މި އިމްތިޙާނުން ފާސްވުމަށް الله ގެ ދީނަށް ރުޖޫޢަވާން ޖެހޭކަން ގަބޫލުކޮށް އެކަން މީސްތަކުންނަށް ވިސްނައިދޭން ޖެހޭ,. އޭގެ ބަދަލުގައި ދީނުގެ ތެރެއަށް الله އެންމެ ރުހިވޮޑިގެން ނުވާ ބިދުޢަވެރިކަން އަޅުކަމުގެ ތެރެއަށް ވައްދަން ވެއްޖެނަމަ މިބަލިން ސަލާމަތްވުން ވާނީ ލަސްތޯ އަވަސްތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލަން އެބަ ޖެހޭ.

24. ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގައިވެސް ބައިން ގަޔަށް އަރާ ބަލިތައް ފެތުރިގެން ދިޔަ. ނަމަވެސް 2020 ގައި އުފެދުނު ބިދުޢަ ކަމުގައިވާ ގައިދުރުކޮށް ނަމާދު ކުރުމުގެ ކަންތައް އެބޭފުޅުން ނުކުރައްވާ. އެއީ އެންމެ ހެޔޮ ގަރްނުގެ ބޭކަލުން. އެބޭކަލުން ނުކުރެއްވި ކަމެއް މާމޮޅު ކަމަކަށް ހަދައިގެން ކުރަން އުޅުމަކީ ކޮސް ކަމެއް. ބަޔަކު މީހުން ގޮތަކަށް ކަމެއް ކުރުން އެއީ ޙުއްޖަތެއް ނޫން. ދީނުގެ ކަނކަން ނިންމަން ޖެހޭނީ ޙުއްޖަތާއި ދަލީލުގެ މައްޗަށް ބުރަވެގެން. ގައިދުރުކޮށް ޞަފު ހެދުމަށް އެއްވެސް ދަލިލެއް ނެތް. 

25. ސަޢޫދީގައި ގައިދުރުކޮށް ޞަފު ހަދައިގެން ނަމާދު ކުރިނަމަވެސް އެތަނުގެ ޢިލްމުވެރިން އެކަމާ ވަރަށް ބޮޑަށް ދެކޮޅު. ނަމަވެސް މަޞްލަޙަތަށް ޓަކައި ހިތުން އެކަން އިންކާރު ކުރައްވައިގެން ތިއްބަވަނީ. މިހެން މިދަންނަވަނީ ޚިޔާލީ ވާހަކަ އެއްގެ ގޮތުގަ އެއް ނޫން.  ސަޢޫދީގެ. ބައެއް ޢިލްމުވެރިންނާއި ވަޓްސްއަޕް މެދުވެރިކޮށް. ދެކެވުނު ބައެއް ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް.

26. ގައިދުރުކޮށް ޞަފު ހަދަން ހުޅުވާލައިފި ނަމަ ރަސޫލާ ޞައްލަالله ވަސައްލަމަގެ ސުންނަތެއް ނެތިކޮށްލަން ނިންމުނީ., އެކަމުގެ ވިޒްރު ގިޔާމަތާއި ހަމައަށްވެސް އުފުއްލަން ޖެހޭނެ. އަޅުގަޑު މިއުޅެނީ ފާފަ މަދުވެގެންނެއް ނޫން. އެހެންވީމާ, އެވަރުގެ ބޮޑު ފާފަ އެއް އެނގިހުރެ ނަގާކަށް ނުކެރޭނެ. އަދި އެކަން ކުރަން އުޅޭ ބަޔަކާއި ދެކޮޅަށް އަޅުގަޑަށް ކުރެވުނު ކަމެއް الله ގެ ރަޙްމަތާއި މަދަދާއި އެކު ކުރަންވެސް ކުރާނަން.

27. އަޅުގަޑުމެން ޒަމާނުއްސުރެ އެންމެ ބިރުގަންނަ ފިކުރަކީ ޑޮޓް ފިކުރު. ގައިދުރުކޮށް ޞަފު ހަދަން ހުޅުވާލުމަކީ ޑޮޓް ފިކުރު ފެތުރުމަށް ދެވޭ ހިތްވަރެއް. ދަޢްވަތެއް. މިސްކިތުގައި 3,4 ޖަމާޢަތް ހެދޭނެ. ޚާއްޞަކޮށް ހުކުރު ދުވަހު އެއްބަޔަކު ހުކުރުކޮށްގެން ފޭބީމާ ނޫނީ އަނެއްބަޔަކަށް ޖާގަ ނުލިބޭތީ ގެތަކުގައި ހުކުރު ކުރަން ފަށާފާނެ. ދެން އެކަން ހުއްޓުވަން އުޅުނަސް އެކަމެއް ނުވާނެ. އެކަމުގެ ބިންގާ އެޅިބަޔަކަށް ވާނީ 2020 ގެ ބިދުޢަ ރާއްޖޭގައިވެސް ތަންފީޛު ކުރަން ނިންމި ބަޔަކު.

28. މިކަންތައްތައް މިހެން ހުރުމާއި އެކު, ރައީސޫލް ޖުމްހޫރިއްޔާ އެދިލެއްވިނަމަވެސް އަޅުގަޑަށް ދެންނެވޭނީ ވަރަށް ބޮޑަށް ސޮރީއޭ. މިއީ އަޅުކަމެކޭ. މިކަމަކާ ނުކުޅެވޭނެޔޭ. އަޅުގަޑުގެ އަމިއްލަ ކަމެއްނަމަ ކޮންމެ ފަދަ ދުލެއްވެސް ދެވިދާނެޔޭ. އަޅުގަޑުމެންނަށް ދެވިދާނެ ލުއިތަކުގެ ވާހަކަތައް ވާނީ ސީދާ އެމަނިކްފާނާއިވެސް ޙިއްސާ ކުރެވިފައި.

29. ވަރަށް ގިނަ ޢާއްމު ރައްޔިތުންގެ ފަރާތުން މެސެޖްތަކާއި ކޯލްތައް އެބަ އާދޭ މިމައްސަލާގައި. ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި މިނިސްޓްރީ އިން ޖަމާޢަތް ހުއްޓާލަން އެންގި ނަމަވެސް ތިމަންނަމެން މިސްކިތަށް ގޮސް ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރާނަމޭ. އެހެންވީމާ, ކުރަން މިއުޅޭ ކަމަކީ ބަސްނުވިކޭ އޮޑި އެއްގެ ދިރުނބާކޮޅަށް އެރުން. މިކަން ނުކުރުމަށް އަޅުގަޑުމެންގެ ކާބަފައިން ވަނީ އިލްތިމާސްކޮށްފައި. އެއިލްތިމާސް އަޅުގަޑުވެސް ތަކްރާރުކޮށްލާ ޙާލުގައި ވާހަކަ ކުރުކޮށްލާނަން.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް