އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއާކޯންކުރި ކޮޓަރީގައި އިނދެ ޙަރާމް ތަކެތި ކައިބޮއި ތިއަހަދާއިރު!

އެއާކޯންކުރި ކޮޓަރީގައި އިނދެ ޙަރާމް ތަކެތި ކައިބޮއި ތިއަހަދާއިރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

"އެތަނުގައި ފިނިކަމެއްގެ ރަހަވެސް އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. (.) ކެކިކެކި ހުންނަ ހޫނުފެނާއި (ނަރަކައިގެ އަހުލުވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. (.) (އެއުރެންގެ ޢަމަލުތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. ." (.) (النبأ: 24-25- 26)

ހަމަކަށަވަރުން ޝަހުވަތްތަކާއި ޝުބުހަތަކުން އިންސާނާ އިމްތިޙާނު ކުރެވެއެވެ. ލައްޒަތާއި ރާހަތު ހޯދުމުގައި ޖޯޝުވެއެވެ. ނުބައި ކަންކަމާއި ފާފަކުރުމުގެ އަވައިގައި ޖެހިފައިވެއެވެ. އޭނާއާ ދެކޮޅުވެރިވާ ޢަދާވާތްތެރިން އޭނާގެ މައްޗަށް ގަދަވެގަނެއެވެ. ފަހެ، ޝައިޠާނާއަކީ އޭނާއާއެކުގައިވާ އޭނާގެ އެންމެ ބޮޑު ޢަދުއްވެކެވެ. އަދި ނަފްސަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެކެވެ. އަދި އެއީ ހަށިގަނޑު ތަރުބިއްޔަތުކުރާ އެއްޗެވެ. އަދި އޭނާގެ ގުނަވަންތަކަކީ އޭނާގެ މައްޗަށް ދެކޮޅުވެރިވެ ހެކިވާނެއެވެ.

ޝައިޠާނާ ވަޢުދުވެފައިވެއެވެ. ފަހެ، އެކަލޭގެ (ﷲ ތަޢާލާއަށް) ދެންނެވިއެވެ.

ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެބައިމީހުން އެންމެން މަގުފުރައްދާހުށީމެވެ. (.) އެބައިމީހުންކުރެ، އިބައިލާހު ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ." (ޞާދް: 82،83)

- الشيخ عبد الله بن عبد الرحمن البعيجان – حفظه الله

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް