އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޞީބާތުން ސަލާމަތްވާން އޮތީ މުޞީބާތް ކުރިމަތިވި ސަބަބު ނައްތައިލުމެވެ! އެކަމަށް އަވަސްވެގަންނާށެވެ!

މުޞީބާތުން ސަލާމަތްވާން އޮތީ މުޞީބާތް ކުރިމަތިވި ސަބަބު ނައްތައިލުމެވެ! އެކަމަށް އަވަސްވެގަންނާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އެއްވެސް މީހަކަށް ނުވަތަ ޤައުމަކަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެކަމަކާއިމެދު ކަންބޮޑުވެއެވެ. ނަމަވެސް މުޞީބާތް ކުރިމަތިވި ސަބަބާއިމެދު ވިސްނައެއް ނުލެވެއެވެ. ސަބަބު ނައްތައިލަން މަސައްކަތެއް ނުކުރެވެއެވެ. 

ގުނަވަނަކަށް ކެންސަރު ޖެހުނީއެވެ. އެގުނަވަން ހަށިގަނޑާއި ވަކިކޮށްގެން ނުވަތަ ފަރުވާދީ ކެންސަރު ނައްތާލައިގެން ނޫނީ ބަލިފަސޭހަވޭ ހެއްޔެވެ؟ މުޞީބާތް ކުރިމަތިވުމުންވެސް އަދި ދުނިޔޭގައި ކުރިމަތިކުރައްވަވާ ޢަޛާބުން ސަލާމަތްވުމަށްވެސް އޮތީ ހަމަ މިފަދަ މަގެކެވެ. 

މަސްޖިދުއްނަބަވީގެ އިމާމް ޚުޠުބާ ދެއްވަމުން ވިދާޅުވެފައިވެއެވެ.: 

ވިސްނާ ފިކުރުކުރާމީހުންނަށްޓަކައި ﷲ ތަޢާލާވަނީ މިސާލު ޖައްސަވާފައެވެ. އަދި އާޔަތްތައް ބަޔާންކޮށްދެއްވިއެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭ ހެއްޔެވެ؟ އަދި ހަމަކަށަވަރުން ފާފަތަކަކީ، ނިޢުމަތްތައް ފިލައިދިއުމާއި، މުޞީބާތްތައް ޖެހުމުގެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ﴾ [النحل: 112]

މާނައީ: "އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާއަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒްޤު އާދެތެވެ. ދެން ﷲ ގެ ނިއުމަތަކަށް އެ ރަށުގެ މީހުން ކާފިރުވިއެވެ. ދެން އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެބައިމީހުންނަށް ﷲ ދެއްކެވިއެވެ". 

(މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެގެން މިއުޅޭ ކޮރޯނާ ވައިރަސްގެ ވަބާ ކިޔައިދެނީ މިނޫން ކޮން ވާހަކައެއް ހެއްޔެވެ؟ ނަމަވެސް އެކަން ވިސްނެނީ ކިތައް މީހުންނަށް ހެއްޔެވެ؟) 

ﷲ ތަޢާލާއަށް އުރެދުމުން، އެއިލާހުގެ ޙަޟްރަތުގައި މަޚްލޫޤުންގެ އަގުވެއްޓިގެންދާ މިންވަރުގެ ބޮޑުކަމާއެވެ!

ހަމަކަށަވަރުން ފާފައިގެ މަތީ ދެމިހުރުމާއި ފާފައިގެ ފަހަތުން ދިއުމާއި ނުބައިކަންކަމުގެ ތެރެއަށް ޣަރަޤުވުމާއި އެކަމާ އުފާކުރުމާއި އެފަދަ ކަންކަންކުރަން ކެރުމާއި ﷲ ތަޢާލާގެ ރޭވުންތެރިކަމާމެދު އަމާންކަން ލިބިގެންވާކަމަށް ހީކޮށްގެން ހުރުމާއި ފާފައަކީ ކުޑަކަމެއްކަމުގައި ދެކުމަކީ ޣާފިލުކަން ގެނުވާކަމެކެވެ. އަދި އެއިލާހުގެ ކޯފާ ޙައްޤުވެގެންދާކަމެކެވެ. އަދި އަބާއްޖަވެރިވެ ހަލާކުވުމުގެ ސަބަބެކެވެ.

--الشيخ عبد الله بن عبد الرحمن البعيجان – حفظه الله

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް