އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ދުޢާ އާނުލައި، ތިބާ ނިދާފައި އޮންނައިރުވެސް ތިބާގެ ފާފަ ފުއްސަވައިދެއްވަވާނެ ޢަމަލު-

ތިބާގެ ދުޢާ އާނުލައި، ތިބާ ނިދާފައި އޮންނައިރުވެސް ތިބާގެ ފާފަ ފުއްސަވައިދެއްވަވާނެ ޢަމަލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ފާފަ ފުއްސަވައި ދެއްވަވަނީ އެމީހާ އެކަމަށް އެދި ދުޢާކުރުމުންނެވެ. މީގެ އިތުރުން އެމީހަކަށްޓަކައި މަލާއިކަތުން ދުޢާ ކުރެއްވެވުމުން ވެސް ފާފަތައް ފުއްސަވައި ދެއްވެވަތެވެ. 

ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް ނިދުމުގެ ކުރިން ވުޟޫ ކުރާށެވެ! އެއިރުން ތިބާ ނިދާފައި އޮންނައިރު ތިބާގެ ފާފަ ފުއްސަވައި ދެއްވެވުމަށާއި ތިބާއަށް ރަޙްމަތް ލެއްވެވުން އެދި ދުޢާކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވައި ދެއްވަވާނެތެވެ. 

Ibn Umar reported: The Messenger of Allah, peace and blessings be upon him, said, 

“Purify these bodies of yours, that Allah may purify you. No servant retires for the night in a state of purity but that an angel resides with him in his bed. Every time he turns about for an hour, the angel says: O Allah, forgive your servant, as he has retired in a state of purity.”

Source: al-Mu’jam al-Kabīr 13456

Grade: Hasan (fair) according to Al-Albani

ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކި ބަލާށެވެ! ތިބާ ނިދީގައި އޮންނައިރުވެސް ތިބާގެ ފާފަތައް ފުހެވިގެންދާނެ މގު އެކަލާނގެ މިވަނީ ތަނަވަސްކުރައްވަވައި ދެއްވަވައިފައެވެ. ވީއިރު މިއީ ލިބި ނުގަނެ ދޫކޮށްލަން ހެޔޮވާނެ ރަޙްމަތެއް ނޫނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް