އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަށް ތައްޔާރުވުން: ރަމަޟާން މަހަކީ ﷲ ގެ މަގުގަ ޢާއިލާއަށް ދަރާފައިވާ ދަރަނި އަދާކުރާ މަހަކަށް ހަދަމާ!

ރަމަޟާން މަހަށް ތައްޔާރުވުން: ރަމަޟާން މަހަކީ ﷲ ގެ މަގުގަ ޢާއިލާއަށް ދަރާފައިވާ ދަރަނި އަދާކުރާ މަހަކަށް ހަދަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މިއަހަރުގެ ރަމަޟާން މަސްވެސް ލަސްތަކެއްނުވެ ދުނިޔޭގައި ތިބި ބައަކާއި ބައްދަލުކުރާނެއެވެ. ވީމާ މަސައްކަތްކުރަންވީ ރަމަމާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމީހަކަށް ކުރެވެން ހުރި ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ. 

އެގޮތުން ބަލާއިރު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ﷲ ތަޢާލާގެ މަގުގަ ޢާއިލާއަށް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ބައެއްކެވެ. އެއީ ޢާއިލާ އާއިއެކު އަޅުކަންކުރުމުގައި ވަގުތު ހޭދަކުރުމެވެ. ޢާއިލާއަށް ހެޔޮ ނަޞޭޙަތްދިނުމާއި ހެޔޮ ނަޞޭޙަތް އަޑުއެހުމެވެ. ޢާއިލާގެ މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމާއި ޢާއިލާ އާއިއެކު ހެޔޮ ނަޞޭޙަތް އަޑުއެހުމަކީ ހަމަކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ނަމަވެސް ގިނަ ބައަކަށް ވަނީ އެކަމުގައި ވަރަށް ބޮޑަށް އިހްމާލްވެވިފައެވެ. 

އަދި ފެންނަ ޙާލަތަށް ބަލާއިރު ރަމަޟާން މަހު މިސްކިތްތަކުގައި ވަގުތު ހޭދަކުރެވޭނެ މިންވަރާއިމެދު ވަނީ ސުވާލު އުފެދިފައެވެ. ދުޢާޢަކީ ޙާލަތު ރަނގަޅުވެ ޢާންމު ޙާލަތަށް ކަންކަން ދިއުމެވެ. އަދި ޢާންމު ޙާލަތަށް ކަންކަން ދިއަ ނަމަވެސް ޢާއިލީ ޒިންމާތަކުގެމަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަނބިދަރިން ލައްވައި އަޅުކަންކުރުވަން މަސައްކަތްކުރަންވާނެއެވެ. 

އެކަމަށް ކުރަންއޮތް އެންމެ މުހިންމު އެއްކަމަކީ ޢާއިލާގެ އެންމެން އެކުގައި ގޭގައި ތިބެ އެކަމުގެ ރޫޙުގައި ކީރިތި ޤުރްއާން ކިޔެވުމާއި އެހެންވެސް އަޅުކަންކުރުމެވެ. މިސްކިތުގައި ނަމާދުކުރުމަށްފަހު ގެއަށް އައިސް ގޭގައި ސުންނަތްކޮށް ގޭގައި އަޅުކަންކުރުމެވެ. ހަމައެއާއިއެކު ޢާއިލާގެ އެންމެން އެކުގައި ތިބެގެން ދަރުސް އަޑުއެހުން ފަދަ ކަންކަން ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. 

ވީމާ މިފެށޭ ރަމަޟާން މަހަކީ މިފަދަ ގޮތްގޮތުން ޢާއިލާއަށް ދަރާފައިވާ ދަރަނި އަދާކުރަން މަސައްކަތްކުރާ މަހަކަށް ހަދާށެވެ! މިއީ ދީނީ ނަޞޭހަތް ދެއްވާނެ ޢިލްމުވެރިއަކު ނުލިބިގެން ދަރުސް އަޑުނުއަހައި ތިބެންޖެހެންވީ ދުވަސްވަރެއް ނޫނެވެ. އަޑުއަހަން އެންމެ ބޭނުންވާ މައުޟޫއަކާއި ގުޅިގެން އެމީހަކު އެންމެ އިތުބާރުކުރާ ޢިލްމްވެރިއެއްގެ ބަސްފުޅު ނުހަނު ފަސޭހައިން އަޑުއަހައިލުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުވެފައެވެ. 

ނަޞޭޙަތަކީ މިފެށޭ ރަމަޟާން މަހަކީ ވީހައި ގިނައިން އަޅުކަންކޮށް އަދި ޢާއިލާ އެކުގައި ތިބެ ދީނީ ނަޞޭޙަތް އަޑުއަހައި އަދި ވީހައި ގިނައިން ސުންނަތް ނަމާދުތައްކޮށް ކީރިތި ޤުރްއާން ކިޔަވައި ހަދާ މަހަކަށް ހެދުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް