އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު އުފަލެއް ލިބޭނީ ދުނިޔޭގައި ހުއްޓާ ޢިޖާބަނުކުރައްވަވާ ދުޢާތައް ޤިޔާމަތް ދުވަހު ޢިޖާބަކުރައްވަވާތަން ފެނުމުންނެވެ!

އެންމެ ބޮޑު އުފަލެއް ލިބޭނީ ދުނިޔޭގައި ހުއްޓާ ޢިޖާބަނުކުރައްވަވާ ދުޢާތައް ޤިޔާމަތް ދުވަހު ޢިޖާބަކުރައްވަވާތަން ފެނުމުންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ކުރަން ބޭނުންކަމެއް ޙާޞިލް ނުވާއިރަށް، ނުވަތަ ދެރަކަމެއް މެދުވެރިވެލާއިރަށް ތިމާ މިހުރީ ނިކަމެތިވެފައި ނުވަތަ ބާކީވެފައި ކަމަށް ހީނުކުރާށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރި އެއްވެސް އަޅަކު ބާކީ ނުކުރައްވަވާނެތެވެ. 

ބޭނުންވާ ހުރިހާ ކަންކަން ހިތަށް އަރުވައިލާއިރަށް ފުރިހަމަވަނީ ސުވަރުގެއިންނެވެ. ވީމާ ދުނިޔޭގައި އުޅެންޖެހޭ ޙާލަތަށް ނުބަލައި ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެ ވަނުމަށެވެ. 

ދުނިޔެއަކީ އިމްތިޙާނެކެވެ. ދުނިޔޭގައި ހޭދަކުރަންޖެހޭ ކޮންމެ ދުވަހަކުވެސް އިމްތިޙާންތައް ކުރިމަތިވާނެއެވެ. ވީމާ އެދޭހައި ކަންކަން ހަމަވަގުތުން ޙާޞިލުވާނެކަމަށް އުންމީދުނުކުރާށެވެ! އަދި ލަހުންވެސް ޙާޞިލުނުވެދާނެ ކަންތައްތައްވެސް ކުރިމަތިވާނެއެވެ. 

ދުނިޔޭގައި ހުރެ ކުރާ ދުޢާގެ ތެރެއިން ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަކުރައްވަވައި ނުދެއްވަވާ ދުޢާތައް ޤިޔާމަތް ދުވަހު ފުއްދަވައި ދެއްވަވާނެތެވެ! އެކަން ފެނިފައި މީހާ އުފަލުން ފޮޅިގެންދާނެއެވެ. އަދި ކުރި އެއްވެސް ދުޢާއެއް ދުނިޔޭގައި ހުއްޓައި ފުއްދަވައި ނުދެއްވެވިނަމައެވެ ހިތަށް އަރާނެއެވެ! ވީމާ ދުޢާކުރުން ގިނަކުރާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް