އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ކުޑަ އުޖޫރައަކަށް ދިހަހާސް ރުފިޔާލިބޭ ވަޒީފާގެ ފުރުސަތުތަކެއް އެމްޓީސީސީ އިން ދިވެހިންނަށް ހުޅުވާލައިފި!

އެންމެ ކުޑަ އުޖޫރައަކަށް ދިހަހާސް ރުފިޔާލިބޭ ވަޒީފާގެ ފުރުސަތުތަކެއް އެމްޓީސީސީ އިން ދިވެހިންނަށް ހުޅުވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓްތަކަށް އެންމެ ކުޑަ އުޖޫރައަކަށް ދިހަހާސް ރުފިޔާލިބޭ ވަޒީފާގެ ފުރުސަތުތަކެއް އެމްޓީސީސީ އިން ދިވެހިންނަށް މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ މިވަޒީފާތަކުގެ ވޯ ކް-އިން އިންޓަރވިއުސް މިމަހުގެ 4 އިން 11 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާއިރު މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުން ކަމަށެވެ. މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދޭއިރު މިވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރައަކީ 10،000 ރުފިޔާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީއަކީ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏެކެވެ. މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫޢެއް މަޝްރޫޢު އެބަ ހިނގަމުންދެއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި 21 މަޝްރޫޢެއްގެ މަސައްކަތް ފެށިގެންދާނެއެވެ. މީގެތެރެއިން މާރޗްމަހު އެކަނިވެސް 11 މަޝްރޫޢުއެއް ފެށިގެންދާނެއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ އެކުންފުނީގެ ޕްރޮޖެކްޓް ސައިޓްތަކުގެ ވަޒީފާތަކަކީ ދިވެހިންނަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށާއި ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުއައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުން ކަމަށެވެ.

އެމްޓީސީސީއަކީ ދިވެހި މުއައްޒަފުންގެ ޙިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 2183 މުއައްޒަފުންގެ ތެރޭގައި ގިނައީ ދިވެހި މުއައްޒަފުންނެވެ.  ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުއައްޒަފުންގެ ޙިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ޤައިމުވެސް އެމްޓީސީސީ ވާނެއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ މިއަދު އެކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ޙިދުމަތުގައި ކުންފުނީގެ މުއައްޒަފުން ކުރަމުންގެންދާ އިޙުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި އެމްޓީސީސީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުން ކަމަށެވެ. އަދި ފަންނުވެރި، ޤާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި  މުއައްޒަފުން ކުރިއަށްއޮތް ތަނުގައިވެސް އިތުރުވެގެން ދިއުމަކީ އެކުންފުނީގެ އުއްމީދެއް ކަމަށެވެ. އަދި އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުއައްޒަފުންގެ އަތްމަތީގައި ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު