އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަސްޕެންޑްކުރުމަކުން ދީނީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެ! ވާނީ އިތުރު!: ޑރ. އިޔާޟް

ސަސްޕެންޑްކުރުމަކުން ދީނީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެ! ވާނީ އިތުރު!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓިގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ ގެ މަޤާމުން ސަސްޕެންޑްކުރިނަމަވެސް ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރައްވަން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޒައްރެއްގެ މިންވަރުވެސް މަދު ނުކުރައްވާނެ ކަމަށާއި ކުރައްވާނީ އިތުރުކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

"މިއީ ވައިސްޗާންސެލަރއެމްޑީޕީގެ އެކްޓިވިސްޓް ޝަރީފް އަޅުގަނޑަށް ޒާތީ ގޮތުން ދިން ހަމަލާއެއް. އަޅުގަނޑު ސޯޝަލް މީޑިއާގަ ބުނާ ބަހެއްގެ މައްސަލަ ތަޙްޤީޤްކުރަން އަޅުގަނޑު ސަސްޕެންޑްކުރަން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރަން. އަޅުގަނޑު ކިޔަވައިދިނަސް އެކުރާ ތަޙްޤީޤެއް ކުރިއަސް ގެންދެވޭނެ. ވީމާ ތަޙްޤީޤެއް ކުރުމުގެ ނަމުގަ އަޅުގަނޑު 14 ދުވަހަށް ސަސްޕެންދްކުރުމަކީ ޒާތީގޮތުން ދިން ހަމަލާއެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." 

"ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް ހައްގުބަސް ބުނާނަން. ޚިޔާލު ފާޅުކޮށް ހައްގުބަސް ބުމުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނަން. ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތް." ކަމަށް ވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ. 

ޑރ. އިޔާޟް އަކީ ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ސުންނަތާއި އެއްގޮތަށް އަޅުކަންކުރުމަށް ބާރުއަޅުއްވަމުން ގެންދެވުމުގައި މިވަގުތު ރާއްޖޭގެ އެންމެ އިސް ސަފުގައި ހުންނެވި އެއް ޢިލްމެރިޔާއެވެ. އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތްޕުޅަކީ ކީރިތި ޤުރްއާނުގެ ތަފްސީރު އުނގަންނަވައިދެއްވެވުމެވެ. 

"ޑރ. އިޔާޟް ސަސްޕެންޑްކުރުމުން އެނގިގެންދަނީ ކެރަފާ ނަސީމް ޢިލްމްވެރިންނަށް މަޖިލީހުގަ ދިން ޙަމަލާގެ އަޞްލު. މިސަރުކާރުން ކޮރޯނާ އަކީ ބަހަނާއަކަށް ދައްކައިގެން ނަމާދުކުރުމާ މީސްތަކުން ދުރުކުރުވަން މިކުރާ މަސައްކަތުގެ ޙަޤީޤަތް. މީގެ ކުރީ ސަރުކާރުތަކުގަ ވެސް ޑރ. އިޔާޟް ވަނީ ޙައްޤުބަސް ވިދާޅުވެ ސަރުކާރުތަކަށް މާބޮޑަށް ފާޑުވިދާޅުވެފަ. އެކަމަކު އެ ސަރުކާރުތަކުގަ ދީނާމެދު ސިއްރު، ހީލަތްތެރި އެޖެންޑާއެއް ނެތުމުން އެއްވެސް ފިޔަވަޅެއް ނާޅާ! މިހާރު ބޭނުންވެގެން މިއުޅެނީ ކޮންކަމެއް ކޮން ގޮތަކަށް ޙާޞިލުކުރަންކަން ވިސްނައި ސަމާލުކަންދޭންވީ ރައްޔިތުން. މިއީ ވަރަށް ނުބައި ފެށުމެއް! ސަރުކާރާ ދެކޮޅަށް ކިތަންމެ ޙައްޤު ބަހެއް ބުނި ނަމަވެސް ހަދައިލާނެ ގޮތުގެ ބިރު އެދެއްކީ ހުރިހާ ޢިލްމުވެރިންނަށް! ފަހަރަކު ޢިލްމުވެރިއެއް ކަތިލަމުން ދެންގެންދާނީ. ދުވަސްކޮޅަކުން ފެންނާނީ ބައެއް ޤައުމުތަކުގަ ޢަމަލުކުރާފަދައިން ޙައްޤު ބަސް ވިދާޅުވާ ހުރިހާ ޢިލްމުވެރިންގެ ނިތްކުރީގަ ހަރުކަށި ލޭބަލް ޖަހާފަ ޖަލަށްލާތަން!" މިއީ ވެސް ޑރ. އިޔާޟް ސަސްޕެންޑް ކުރުމުން ޢިލްމުވެރިއަކު ވިދާޅުވި ބަސްފުޅެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް