އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސްކަމާ ބާރު ދެއްވެވުމުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާ މީހުން ހިއްޕަވާނެ ގޮތް ނުވެސް އެނގޭނެ!: މުފްތީ މެންކް

ތަނަވަސްކަމާ ބާރު ދެއްވެވުމުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާ މީހުން ހިއްޕަވާނެ ގޮތް ނުވެސް އެނގޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ދުނިޔެއަށް އެންމެންވެސް އުފަންވަނީ އެއްގޮތަކަށެވެ. އެއް ޙާލަތެއްގައެވެ. ޢިލްމާއި، ތަނަވަސްކަމާއި އާރާއި ބާރާއި މަތީ މަޤާމްތައް ދެއްވަވަނީ ﷲ ތަޢާލާއެވެ. ޢާއިލާއެއް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަންކަން ހަނދާން ނައްތައިލާމީހުން ހިއްޕަވާނެ ގޮތް އެއްވެސް މީހަކަށް ނުވެސް އެނގޭނެއެވެ. 

ތިމާގެ އަމިއްލަ ވިޔަފާރީގައި، ނުވަތަ އަދާކުރާ މަޤާމުގެ ގޮތުން ނުވަތަ ޢާއިލާއެއް ދެއްވެވުމުން ފުރަތަމަވެސް ހިތްތިރިކުރާށެވެ! ތިމާގެދަށުން މަސައްކަތްކުރާ މުވައްޒިފުންނަށް ވީހައި ބޮޑަށް ހެޔޮކޮށް ހިތާށެވެ! ވީހައި ރަނގަޅަށް އެމީހުންނާއިމެދު ކަންކަންކުރާށެވެ! 

ޚާއްޞަކޮށް ތިމާގެ ބެލެނިވެރިކަމުގައިވާ އަނބިދަރިންނަށާއި ޢާއިލާގެ އެންމެންނަށްވެސް ވީހައި ހެޔޮކޮށް ކަންކަންކުރާށެވެ! 

އަހަރެމެން ކޮންމެ މީހަކީ ހެޔޮގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭ މީހެކެވެ. އެކަމަށް އެދި ދުޢާކުރާ މީހެކެވެ. ދުޢާ ނުކުރަނީސްވެސް އެތައް ބައިވަރު ނިޢްމަތްތައް ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވަވަތެވެ! އެއީ އެކަލާނގެއަކީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނގެކަމަށްވާތީ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ވިސްނައިލަންޖެހޭނެ ކަމަކީ ކޮންމެ ނިޢްމަތެއް ދެއްވެވުމަށްފަހުގައިވެސް އެހިސާބުން އެމީހާ ދޫކޮށެއް ނުލައްވަވަތެވެ! އެ ނިޢްމަތުގެ ބޭނުން އެމީހަކު ހިފާގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. 

ނަމްރޫދާއި ފިރުއައުނާއި ޤާރޫނު މެންފަދަ އެމީހުންނަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވި މީހުން ހިއްޕެވިގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. މީސްތަކުން އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. އެކަންކަމަށް ސަމާލުކަން ނުދިންނަމަ ހަމަ އަހަރެމެން ވެސް ހިއްޕަވާނެތެވެ. ހިއްޕަވާކަން އެދަނީ ކޮންމެ ދުވަހަކުވެސް ފެންނަމުންނެވެ. ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް