އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިއްޔެ ފެނިގެން ދިއައީ ގައިދުރުކޮށް ހުކުރު ނަމާދުގެ ސަފުތައް ހަދައިގެން ހުކުރު ކުރެވެން ނެތްކަން!: ޝައިޚް އާދަމް ނިޝާން

އިއްޔެ ފެނިގެން ދިއައީ ގައިދުރުކޮށް ހުކުރު ނަމާދުގެ ސަފުތައް ހަދައިގެން ހުކުރު ކުރެވެން ނެތްކަން!: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

އިއްޔެ ފެނިގެން ދިއައީ ހުކުރު ނަމާދުގެ ސަފުތައް ގައިދުރުކޮށް ހަދައިގެން ހުކުރު ކުރެވެން ނެތްކަމެވެ. މިސްކިތްތައް އޮތީ ފުރިބާރުވެފައެވެ. ގައިދުރުކުރަން އެއް ބައަކު ނުކުންނަން އެންގިނަމަ ނުކުންނާނީ ކާކުތޯއެވެ؟ ނޫނީ ވަކި އަދަދަކަށް މީހުން މިސްކިތަށް ވެއްދިނަމަ ބާކީ ތިބި މީހުން ނުކުމެގެންދާނީ ކޮންތަނަކަށްތޯއެވެ؟

އެކަންކަމަށް ވިސްނަވައި (މީހުން ތިބިވަރު އިމާމަށް ފެނިވަދައިގަންނަވާތީ ނަމަވެސް) އިމާމް (އަޅުގަނޑު ހުކުރުކުރި މިސްކިތުގެ) ގޮވައިލެއްވީ ވީހައި ގާތްގާތަށް ޖެހި ސަފުހެދުމަށެވެ.

--ޝައިޚް އާދަމް ނިޝާން

ހުކުރު މިސްކިތަށްވެސް ދިމާވީ ހަމައެފަދަ ގޮތަކަށެވެ. މުދިމު ފާހަގަތަކެއްގެ ވާހަކަ (ޚުޠުބާ ފެށުމުގެކުރިން) ދެއްކިއެވެ. ޚުޠުބާ ނިމުނުއިރު މީހުން ވަނީ ފުރިބާރުވެފައެވެ. އަދި ހުުރު މިސްކިތުގަިވެސް މިން ޖަހާފައި ހުރީ ކޮރޯނާއަށް ފަސޭހައިން އެރޭނެ މިނުގައެވެ.

އިމާމް ވިދާޅުވީ "އެހައި ގާތް" ނުވުމަށެވެ.

ކޮންމެވެސް ސަބަބަކާއިހުރެ އިސްލާމީ މަރުކަޒަށް ހުކުރަށާއި ނަމާދަށްދާ މީހުން މިހާރު މަދުކަން ފާހަގަކުރެވެއެވެ. އެހެންކަމުން މަރުކަޒުގައި އިއްޔެވެސް ހުސްޖާގަ އޮތެވެ. އިސްލާމީ މަރުކަޒުގައިވެސް ފާހަގަ ޖަހާފައި ހުރީ ހަަމ ކޮރޯނާއަށް ފަސޭހައިން އެރޭނެ މިނަށެވެ. ގައިދުރުކުރުމުގެ އެއްވެސް ފައިދާއެއް ނުކުރާނެ މިނަށެވެ.

ވީމާ އަންނަ ހުކުރު ދުވަހަށް ކިންގ ސަލްމާން މިސްކިތް ހުޅުވައި މާލޭގެ ސަރަހައްދުތަކުން ބަހުގައި މީހުން އުފުލައިދޭން ފަށައިފިނަމަ ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިދާނެކަންނޭނގެއެވެ!

ފާހަގަކޮށްލަން ޖެހޭ ކަމަކީ ފާހަގަ ޖަހާފައި ހުރީ އެޗްޕީއޭގެ މިންގަނޑު، 3 ފޫޓުން ނޫންކަމެވެ. ދެފާހަގަ ދޭތެރޭގައި ހުރިނަމަވެސް މީހާގެ ހަތަރު ފަރާތަށް، ކޮންމެ ފަރާތަކަށް3 ފޫޓުގެ އިތުރު ޖާގަ ނެތްނަމަ، 3 ފޫޓަށް ފުމޭ ކޮރޯނާ ހަމަ ބާރުބާރަށް އަރާނެކަމެވެ. އެކަމަށް އެއްވެސް އެޗްޕީއޭގެ މިންގަނޑުންވެސް އެއްވެސް ހުރަހެއް ނެތްކަމެވެ. އެޗްޕީއޭގެ މިންގަނޑަށް ފެތޭނީވެސް ދެ ޙަރަމްފުޅުގެ މިންގަނޑަށް ފެތޭނީވެސް ފަރާތަކަށް 3 ފޫޓު ހުރެގެންނެވެ. ނެތްނަމަ އެޗްޕީއޭ ބުނާ ގޮތުން ކޮރޯނާ އަރާނެއެވެ. ސުންނަތްވެސް ޙާޞިލުނުވީއެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް ހަމަ ދެގެއްލުންބައެވެ.

މިކުރާ ކަންކަމުގެ ބޭނުމަކީ ހަމަ ކޮރޯނާއިން ސަލާމަތްވުން ކަމާއިމެދު ސުވާލު އުފެދެނީ ކުރާ ކަންކަން މިގޮތަށް ފެންނާތީކަން ގިނަ ބައަކު ފާހަގަކުރެއެވެ. އެއްވެސް މަޤްބަދެއް ޙާޞިލުނުވާނެ ގޮތަށް ފާހަގަތަކެއް ޖެހުމަކީ ފިތުނައެއް ކަމަށްވެސް ގިނަބައަކު ބުނެއެވެ.

ޝައިޚް އާދަމް ނިޝާންގެ ބަސްފުޅު:

https://www.facebook.com/SheikhAdamNishan/videos/178825670457951

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް