އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. އިޔާޟަށް އެމްއެންޔޫ އިން ބިރު ދައްކަނީ ރައީސް ޞޯލިޙަށް އިތުބާރު އޮތްކަމަށް ވިދާޅުވާތީ!- މިއީ އެތެރެކޮއިލުގެ ހަނގުރާމައެއް!

ޑރ. އިޔާޟަށް އެމްއެންޔޫ އިން ބިރު ދައްކަނީ ރައީސް ޞޯލިޙަށް އިތުބާރު އޮތްކަމަށް ވިދާޅުވާތީ!- މިއީ އެތެރެކޮއިލުގެ ހަނގުރާމައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ޑރ. މުޙައްމދު އިޔާޟް ޢަބްދުއްލަޠީފަށް އެމްއެންޔޫއިން ބިރުދައްކަނީ ޔުނިވަރސިޓީގައި ތިއްބެވި ހުރިހާ ޢިލްމުވެރިންނަށް ބިރުދައްކަން ނަމަވެސް ޑރ. އިޔާޟަށް އެމްއެންޔޫ އިން ބިރު ދައްކަނީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް އިތުބާރު އޮތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ ކަމަށާއި "މިއީ އެތެރެކޮއިލުގެ ހަނގުރާމައެއް!" ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން އެބަގެންދަވައެވެ.

"އަޢްޑޫ ސިޓީގަ ބަހައްޓަންވީ ބުދުތަކުގެ ކުރެހުން ޚާރިޖީވަޒީރު ކަމުގައި ހުރެ ފާސްކޮށްދިން ކެރަފާ ނަސީމް މަޖިލީހުގައި ޢިލްމުވެރިންނަށް ދިން ޙަމަލާއާ އެންޔޫގެ ބޯޑުގައި ހުރި ހޮނޑައިދޫ ކުޑަކަތީބާ ވައިސް ޗާންސެލަރު ގުޅިގެން މިހިންގާ ކަންކަމާ މިއީ ހަމަ އެތެރެކޮއިލުން ރޭވިގެން އަންނަ ޙަމަލާތައް. ރައީސް ޞާލިޙަށް އިތުބާރު އޮތްކަމަށް ތަކުރާރުކޮށް ޑރ. އިޔާޟް ވިދާޅުވާތީ އެކަން ބައަކަށް ޙަޖަމް ނުކުރެވިގެން މިއުޅެނީ."

"މިވާ ގޮތަކީ ރައީސް މަސައްކަތްކުރައްވަމުން ގެންދަވަނީ ދީނީ ޢިލްމްވެރިންނާ ވަރަށް ބޮޑަށް ގުޅިވަޑައިގެން. އެމަނިކުފާނަށް އަންނަ ޕްރެޝަރުތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ. ކަންކަން ޙައްލުވެގެންދާނީ ޢިލްމުވެރިންވެސް އަދި ރައްޔިތުންވެސް އެދޭ ގޮތަށް. އިން ޝާ ﷲ"

ބައެއް ބޭފުޅުން މިފަދަ ކޮމެންޓްތައް ދެއްވަމުން ގެންދަވާއިރު ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތުންގ ހިތުގައި ސަރުކާރާއިމެދު ނަފްރަތު އުފެދޭގޮތަށް ވަރަށް ހީލަތްތެރި ރޭވުންތައް ރޭވެމުން އަދި ބައެއް ކަންކަން ތަންފީޒުކުރެވެމުން އަންނަތަންވެސް ދަނީ ފެންނަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް