އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާއަށް ކުށެއް ކުރެވޭ އިރަށް ފުންމައި ނުގަންނާށެވެ! އިޞްލާޙްކުރަން މިމަގު އިޚްތިޔާރުކުރާށެވެ!

ބައިވެރިޔާއަށް ކުށެއް ކުރެވޭ އިރަށް ފުންމައި ނުގަންނާށެވެ! އިޞްލާޙްކުރަން މިމަގު އިޚްތިޔާރުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ކޮންމެ އިންސާނެއްގެ ކިބައިގައިވެސް އުނި ސިފަތަކެއް ހުންނާނެއެވެ. ކުރެވޭ ކުށްތަކެއްވެސް ހުންނާނެއެވެ. އެއްކަމެއް އިޞްލާޙްކުރެވޭ ފަހުން އެހެން ކުށެއްވެސް ކުރެވިދާނެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ. ނުވަތަ ކަންކަން ހިނގަމުން އަންނަ ގޮތެވެ. 

އެއްވެސް މީހަކާއި ކައިވެނިކުރަންވާނީ އޭނާގެ ކިބައިން ކުށެއް ނުފެންނާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. އޭނޢާގެ ކިބައިގައިވެސް އުނިސިފަ ހުންނާނެއެވެ. ކުރެވޭ ކުށްތަކެއް ވެސް ހުންނާނެއެވެ. ވީމާ ކުށެއް ފެންނަ ކޮންމެފަހަރަކު ފުންމައިގެން ނުދާށެވެ! 

ފުރތަމަ ކަމަކަށް ރަނގަލު ހަމަޖެހޭ ވަގުތެއް ހޯދާށެވެ. އެފަދަ ވަގުތަކު ހަމަޖެހިލައިގެން އިނދެ އިޞްލާޙްކުރަންޖެހޭ ކަންތަކުގެ ވާހަކަ ރިވެތިގޮތުގައި ދައްކާށެވެ. ބައިވެރިޔާ މިވެނިކަމެއް ކުރަނީ ގޯސްކޮށް ކަމަށް ނުބުނެ މިވެނި ކަމެއް މިވެނިގޮތަކަށް ކުރުން މާރަނގަޅުވާނެ ކަމަށް ނުނާށެވެ! އަދި ތިމާ އެންމެ އުފާވާނީ މިވެނި ގޮތަކަށް އެކަންކުރުމުން ކަމަށް ބުނާށެވެ! 

ކުށެއް ފެނުމަކީ ކުށްކުރި މީހާ ނިކަމެތިކޮށްލަން ލިބޭ ފުރުޞަތަކަށް ނުހަދާށެވެ. ޙަޤީޤަތުގައި އެއީ އޭނާގެ މައްޗަށް ގަދަވެގަންނަން ލިބޭ ފުރުޞަތެކެވެ. ގަދަވެގަތުމަކީ ތިބާ އެދޭ ގޮތަށް އޭނާ އަނބުރުވައިލުމެވެ. އެކަންކުރެވޭނީ މިބުނި މަގުން ރިވެތި ގޮތުގައި މުޢާމަލާތުކޮށްގެންނެވެ. 

ޤަބޫލުކުރަންވީ ތިމާއަށްވެސް ކުށް ކުރެވޭނެ ކަމެވެ! ވީމާ ދެމަފިރިންވެސް ދޭތެރެއަކުން އެކަމުގެ ވާހަކަ ދައްކަންވާނެއެވެ. ސުވާލުކުރާށެވެ! "އަހަރެންގެ ކިބައިން އިޞްލާޙްކުރަން ތިބާ އެދެނީ ކޮންކަމެއް ހެެއްޔެވެ؟ ނޫނީ މިވެނިކަމެއް ތިބާ އުފާވާނީ ކޮންގޮތަކަށް ކުރުމުންހެއްޔެވެ؟" 

މިފަދަ މަޝްވަރާތައް ދެމަފިރިންގެ މެދުގައި ކުރެވޭނަމަ ހިތްހަމަނުޖެހުން މަދުވާނެއެވެ. ދެބަސްވާކަށްވެސް ނުޖެހޭނެއެވެ. ދިރިއުޅުން ދާނީ ދުވަހެއް ދުވަހަކަށް އުފާވެރިވަމުންނެވެ. 

ރަސޫލް ﷺ ގެ ޙަޔާތްޕުޅަށް ބަލާށެވެ! ޞަޙާބީން އިސްލާމްވެވަޑައިގެންނެވިއިރު އެބޭކަލުންނަކީ ކޮންފަދަ ބޮޑެތި އުނިސިފަތައް ހުރި ބޭކަލުން ހެއްޔެވެ؟ ފަހުން އެބޭކަލުންގެ ޢަމަލުފުޅުތައް މުޅިން އިޞްލާޙްވެ ނަމޫނާ ބޭކަލުންނަށް ބަދަލުވެގެންދިއައީ އެބޭކަލުންނާއި މުޢާމަލާތު ކުރެއްވެވި ގޮތުގެ ފުރިހަމަކަމުންނެވެ. 

ޞަހާބީންގެ އިތުރުން އަނބިކަނބަލުންނާއިމެދުވެސް ޢަމަލުކުރެއްވެވީ އެ މަތިވެރި އުޞޫލުންނެވެ. މިއީ ރަސޫލް ﷺ ގެ ސިޔަރަތުން ފެންނަންހުރި ކަންކަމެވެ. ވީމާ އަހަރެމެންވެސް މަސައްކަތްކުރަންވީ އެ މަތިވެރި ސުންނަތް ދެމެހެއްޓުމަށެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް