އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫ ފުރިހަމަކޮށް "ޣުއްރުލް މުޙައްޖަލޫން" ގެ ދަރަޖަ ލިބިގަތުން!

ވުޟޫ ފުރިހަމަކޮށް "ޣުއްރުލް މުޙައްޖަލޫން" ގެ ދަރަޖަ ލިބިގަތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އަބުހުރުރައިރާ (ރޢ)ގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިން އެނގޭ ގޮތުގައި ޤިޔާމަތް ދުވަހު "ޣުއްރުލް މުޙައްޖަލޫން" ގެ ދަރަޖަ ލިބިގެންވާ ބައަކު ތިބޭނެއެވެ. އެއީ ފުރިހަމަ ގޮތުގައި ވުޟޫކުރި މީހުންނެވެ. އަދި އެބައި މީހުން ވުޟޫކުރުމުގައި ފެންޖެއްސި ގުނަވަންތައް ވިދައި ބަބުޅާނެއެވެ. 

النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ، فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ ‏"‏‏.‏

ނަމާދު ޞައްޙަވުން އޮތީ ވުޟޫ ފުރިހަމަގޮތުގައި ކޮށްގެންކަމަށްވާއިރު ވުޟޫކުރުމުގައި ދޭންޖެހޭ ސަމާލުކަން ދޭންޖެހޭނެއެވެ. ސުންނަތާއި ވާޖިބުތައް އެނގެން ޖެހޭނެއެވެ. އަދި ވުޟޫކުރަންވާނީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. 

އަދިވެސް ގިނަ ބައކަށް ޤަބޫލުކުރެވިފައި އޮންނަނީ ވުޟޫކުރަން ފަށަމުން ދެއަތްތިލަ ދޮވެލުމުން ފުދުނީ ކަމަށެވެ. މޫނަށްފެންލުމަށްފަހު ދެއަތަކަށް ފެންލާއިރު އަތްތިލަ ދޮންނަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ވުޟޫކުރަން ފަށަމުން ދެއަތްތިލަ ދޮވުމަކީ ސުންނަތެކެވެ. ވާޖބު ފެށެނީ މޫނަށް ފެންލުމާއި ހަމައިންނެވެ. ވީމާ ވުޟޫ ކުރުމަށް ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ. ދެ އަތުގެ ދެ އުޅަބޮށިކައްޓާއިއެކު ފެންލުން ފުރިހަމަވާނީ އެއިރުންނެވެ. ދެއަތުގައިލާފެން އަތްތިލައިން އޮހޮރިގެންދާންވާނެއެވެ. 

މިކަން ވަރަށް ގިނައިން ހަނދާންކޮށްދެވެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމަކަށްވާތީއެވެ. ޤަބޫލުކުރެވިފައި އޮންނަނީ ދެ އަތުގައި ފެންލާއިރު އަތްތިލައިގެ ކުޑަހުޅާއި ހަމައަށް ފެންލުމުން ފުދޭނެ ކަމަށެވެ. އަތްތިލައިގެ އިނގިލިތަކުގައި ފެން ޖައްސަން ޖެހޭނީ ވުޟޫކުރަން އަތްތިލަ ދޮވެލާއިރުގައި ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫނެވެ. 

ކޮންމެ މީހަކު ވެސް ނަމާދުކުރަނީ އެކަމުން ލިބެން އޮތް ޘަވާބު ލިބިގަތުމަށެވެ. ވީމާ ނަމާދު ނަމާދަކަށްވާނެ ގޮތަށް ނަމާދުކުރުމަށް ޚާއްބަ ސަމާލުކަމެއް ދޭންވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް