އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އިސްލާމް ދީނަށް ނަޞްރުދޭ! ބާރުއެޅިގެން މިދަނީ އަވަހަށް ނިދައި ފަތިހު ހޭލަން!

ކޮރޯނާ ވައިރަސް އިސްލާމް ދީނަށް ނަޞްރުދޭ! ބާރުއެޅިގެން މިދަނީ އަވަހަށް ނިދައި ފަތިހު ހޭލަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން ވަނީ ވަރަށް ބޮޑުތަނުން ހުއްޓުމަކަށް އައިސްފައެވެ. ބައެއް ޤައުމުތަކުގައިވަނީ މަނާކޮށްފައެވެ. އަނެއްބައި ޤައުމުތަކުގައިވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އަނެއްބައި ޤައުމުތަކުގައި ރައްޔިތުން ވަނީ ރޭގަނޑު ބޭރަށް ނުކުމެ އުޅުން ވަރަށް ބޮޑުތަނުން އަމިއްލައަށް މަދުކޮށްފައެވެ. 

ކޮންމެއަކަށް މިއީ އިސްލާމް ދީނަށް ލިބިގެންދާ ވަރަށް ބޮޑު ނަޞަރެކެވެ. މިގޮތުންބަލާއިރު ޢިޝާ ނަމާދުގެ ކުރިން ނުނިދުމާއި ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވަވާފައިވާ ކަމެކެވެ. މަތިވެރި ސުންނަތެކެވެ. 

މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. 

މި ޢިބާރާތް އެންމެ ފުރިހަމަވާނީ "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް