އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް ބިރުވެތިވެ ތިބެ ފަތުވާ ނެރެން ޑރ. އިޔާޟް އިލްތިމާސްކުރައްވައިފި!

ﷲ އަށް ބިރުވެތިވެ ތިބެ ފަތުވާ ނެރެން ޑރ. އިޔާޟް އިލްތިމާސްކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ފަތުވާ މަޖިލިސްގެ މެންބަރުންނަށް ދަންނަވަމެވެ. ދުނިޔޭގެ ވަގުތީ އުފަލަކަށްޓަކައި ކުޑަ އަގަކަށް ދީން ވިއްކަވައި ނުލައްވާށެވެ! ޙާލަތު ރަނގަޅަށް ދިރާސާ ކުރައްވާފައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކު ފަތުވާ ނެރުއްވަން އާދަކުރައްވާށެވެ. ﷲ ގެ ޙަޟްރަތުގައި ސުވާލުކުރެވޭނެ ދުވަހެއް އެބަ އާދެއެވެ.

ތަކުރާރުކޮށް ކިޔަވައި މާނައާއިމެދު ވިސްނަން ޖެހެއެވެ. ދުނިޔޭގެ ޢިއްޒަތާއި އަރާމަކީ ވަގުތީ އެއްޗެކެވެ. ވަގުތު ފާއިތުވުމުގެކުރިން ވިސްނަވައި ފިކުރުކުރައްވާށެވެ! 

"ހަމަކަށަވަރުން، ﷲ ގެ އަހުދާއި، އެއުރެންގެ ހުވާތަކަށް ކުޑައަގެއްގައި މީހުންނީ އާޚީރަތް ދުވަހުގައި އެއުރެންނަށް އެއްވެސް ނަބީބެއް ނެތް ބައެކެވެ. އަދި ޤިޔާމަތް ދުވަހުން ﷲ އެއުރެންނަށް ބަސް ވަޙީއެއް ނުކުރައްވަވާނެތެވެ. އަދި އެއުރެންނަށް ބައްލަވައިވޮޑިވެސް ނުގަންނަވާނެތެވެ. އަދި (ފާފައިން) އެއުރެން ޠޯހިރެއް ނުކުރައްވަވާނެތެވެ! އަދި އެއުރެންނަށް ވޭންދެނިވި ޢަޛާބް ހުއްޓެވެ." (އާލްޢިމްރާން: 77)

"ކުރިންވެސް އޮފީހުގައި ވަކިފަތުވާއެއް، ގޭގައި ވަކިފަތުވާއެއް ދެއްވި ބޭފުޅަކަށް ޙައްޤު ބަސް ވިދާޅުވެވޭނީ ކިހިނެއްތޯއެވެ؟ މިފަދަ މީހުން އެތަންތަނުގައި (ފަތުވާމަޖިލީހުގައި) ބައިތިއްބަނީވެސް ބޭނުންވާ ވަކިގޮތަކަށް ފަތުވާ ނެރުވަންވެގެންނެވެ. އަޢޫޛްބިﷲ" 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް