އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއިން ބޭރުގަ މިނިވަންކަމާއެކު އުޅެވޭ ބައަކަށް ހޮޓާތަކުން ޚިދުމަތް ނުދެވޭތީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެފަ!

ގެއިން ބޭރުގަ މިނިވަންކަމާއެކު އުޅެވޭ ބައަކަށް ހޮޓާތަކުން ޚިދުމަތް ނުދެވޭތީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ހޮޓާ ރެސްޓޯރަންޓްތައް ހިނަގާ ފަރާތްތަކުން ބުނަނީ މިނިވަންކަމާއިއެކު މަގުމަތީގައި އުޅެވޭ ބައަކަށް އެތަންތަނުން ޚިދުމަތް ނުދެވޭތީ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވަމުން އަންނަ ކަމަށެވެ. 

"އަޅުގަނޑުމެން ޚީދުމަތް މިދެނީ އެޗްޕީއޭގެ މިންގަނޑަށް ގޮނޑިޖަހައިގެން. އެޗްޕީއޭގެ ޤަވާއިދާ އެއްގޮތަށް. މަގުމަތީގައި މިނިވަންކަމާއިއެކު އުޅެވޭ. ބޭނުންހައި އިރަކު ހުއްޓިވެސް ތިބެވޭ. އެއްވެވެސް ތިބެވޭ. އެކަމަކު އެމީހުންނަށް ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުން ޚިދުމަތް ދިނުމާ ޚިދުމަތް ހޯދުން މަނާ." 

އެޗްޕީއޭގެ މިނިންމުމަކީ ކޮންމެހެން ކޮރޯނާ ކޮންޓްރޯލް ކުރުމާއި އެއްވެސް ގުޅުމެއް ހުރި ނިންމުމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މި ނިންމުމުގެ ފަހަތުގަ އެހެން ކޮންމެވެސް ކަމެއް އޮންނާނެ ކަމަށް." 

ވިޔަފާރިވެރިންގެ ބަސްމަގު މިމޭރުމުން ހުރިއިރު 8 ޖަހާއިރު ޚިދުމަތް ދިނުން ބަންދުކުރުމުން ގިނަބައަކު ގެންދަނީ ޝަކުވާ ކުރަމުންނެވެ. 

"އަޅުގަނޑުމންނަކީ ހޮޓާތަކުން ކައިބޮއި އުޅޭބައެއް. ޢިޝާނަމާދުން ފައިބައިގެން ބާރަށް ދުވެފައިގޮސް ހޮޓަލަކަސް ވަދެވޭއިއރު ހުންނަނީ 8 ޖަހާފަ. 8 ޖެހުމުން ޗެކުކުރަންވަދެ އެބަ އަހަރެމެން އެބަ ބޭރުކުރޭ. ގަދަކަމުން އެބަ ބޭރުކުރޭ. ދެން ތިބެން ޖެހެނީ ނުކައި ބަނޑަށް." ކަމަށްވެސް ބައެއް މީޙުން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް