ހައްޖު ކޯޕޮރޭޝަނަށް ލިބިފައިވާ އިތުބާރަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު: ޔާމީން އިދްރީސް

ހައްޖު ކޯޕޮރޭޝަނަށް ލިބިފައިވާ އިތުބާރަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު: ޔާމީން އިދްރީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނަކީ ކުރުމުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު އިތުބާރު ހޯދާފައިވާ ކުންފުނިކަމަށާއި ހައްޖު ކޯޕޮރޭޝަނަށް ރައްޔިތުން ކުރާ އިތުބާރަކީ މިއަދުގެ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުކަމަށް ހައްޖު ކޯޕޮރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވެއްޖެއެވެ.

ޔާމީން އިދްރީސް މިމޭރުމުން ވިދާޅުވީ ހައްޖު ކޯޕޮރޭޝަނުން ރޭ އިފްތިތާޙްކުރި ޙައްޖު، އުމުރާ ކިޓް އަދި ޢަޤީޤާ ޕެކޭޖް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން އިދްރީސް މިމޭރުމުން ވިދާޅުވެފައިވާއިރު މިރަމަޟާންމަހު ވެސް އެންމެ ގިނަ ބައަކު އުމުރާއަށް ދަނީ ހައްޖު ކޯޕޮރޭޝަނާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.

ހައްޖު ކޯޕޮރޭޝަން މެދުވެރިކޮށް 315 މީހުން އުމުރާއަށް ދިއުމަށް ހަމަޖެހިފައިވާއިރު ދެން އެންމެ ގިނަ މީހުން އުމުރާއަށް ގެންދާ ދެ ގްރޫޕްކަމަށްވާ އަލްސަފާ ހައްޖު އެންޑް އުމުރާ ގްރޫޕަށާއި ޒަމްޒަމް ޙައްޖު އެންޑް ޓްރެވަލްސް ދެ ގްރޫޕަށް ލިބިފައިވަނީ ގްރޫޕަކަށް 150 މީހުންނެވެ.

މިއަދުނޫހަށް މައުލުމާތު ދެއްވަމުން ޔާމީން އިދްރީސް ވިދާޅުވީ ހައްޖު ކޯޕޮރޭޝަން މެދުވެރިކޮށް އުމުރާއަށްދާ މީހުން މައްކާ އާއި މަދީނާގައިވެސް ތިބޭނީ 5 ތަރި އަދި 4 ތަރިފެންވަރުގެ ހޮޓާތަކުގައި ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް