މަސްތުވާތަކެތި ބޭނުންކުރާ މީހުން އޮބިއަޅައި ތައުބާކުރުވުމެއް ނެތް: ޚުޠުބާ

މަސްތުވާތަކެތި ބޭނުންކުރާ މީހުން އޮބިއަޅައި ތައުބާކުރުވުމެއް ނެތް: ޚުޠުބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ގަދަކަމުން އޮބިއަޅައިގެން ތައުބާ ކުރުވަންޖެހޭ ބައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ޑްރަގް ދުވަހާއި ގުޅުވައިގެން މިދިއަ ހުކުރު އެމިނިސްޓްރީން އެކުލަވާލައި އާންމުކުރި ހުކުރު ކުޠުބާގައެވެ.

ކުޠުބާގައި ބަޔާންކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކު އޭނާ އަމިއްލައަށް ވިސްނައި އިޞްލާޙްވާން މަސައްކަތްކޮށްފިނަމަ އެއީ ތައުބާ ކަމަށް ބެލިދާނެކަމަށެވެ.

"ފަޟީލަތުއްޝައިޚު ޑރ ޔޫސުފުލް ޤަރްޟާވީ ފަދަ މިޒަމާނުގެ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މަސްތުވާ ތަކެތީގެ ދަލުގައި ޖެހި އެކަމުގެ ދެވި ހިފާފައިވާ މީހާ އޭނާގެ ނަފްސު ކަމާބެހޭ މުއައްސަސާތަކާ ހަވާލުކޮށްފި ނަމަ އެއީ ތައުބާގެ ބާވަތެކެވެ. ތައުބާވާ މީހުންނަށް މާތް ﷲ ތައުބާ ލައްވާނެއެވެ. އެފަދަ މީހުންނަށް އެވަބާއިން ސަލާމަތް ވެވޭނެ ގޮތް ތަނަވަސްކޮށްދޭން ޖެހޭނެއެވެ. އެމީޙުން ޝައިތާނުންގެ ކިބައިން ސަލާމަތްކޮށް ދެވޭތޯ އަޅުގަނޑުމެން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ."

ޚުޠުބާގައި މިމޭރުމުން ބަޔާންކޮށްފައި އޮތް ނަމަވެސް ރާއްޖޭގައި އަމަލުކުރަނީ ވަރަށް ތަފާތުކޮށެވެ. ރާއްޖެއިން ފެންނަނީ އެތައް ދުވަހަކު ފުލުހުން ފާރަލައިގެން ބުރަ މަސައްކަތުން އަތުލައިގަންނަ ބާރުގަދަ ޑްރަގުގެ ބާވަތްތައް ބޭނުންކުރާ، ހަކުރުބޯ މީހުންނަށްވެސް އަދަބު ނުދީ ގަދަކަމުން "ތައުބާކުރުވަން" އުޅޭތަނެވެ. ޤާނޫނުތަކުގައި "ގަދަކަމުން އޮބިއަޅައިގެން ތައުބާކުރުވަން" ލާޒިމުކޮށްފައިވާތަނެވެ.

ރާއްޖޭގެ ޤާނޫނުތައް މިމޭރުމުން ހުރިނަމަވެސް ޚުޠުބާގައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމުން އަދަބުދޭންޖެހޭނެކަން ހާމަކޮށްފައެވެ.

"މިއުއްމަތުގެ ބޮޑެތި އިލްމުވެރިން ވިދާޅުވާ ގޮތުގައި މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހާއަށް އަދަބުދޭން ޖެހޭނެއެވެ. އެހެނީ އޭނާއަކީ ﷲ ގެ ޙަޟްރަތުގައި އޭނާގެ ނަފްސަށް ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. އޭނާ އިސްލާމީ ޝަރީއަތުގެ ކުރިމަތީގައި ކުށުގެ ޒިންމާ ނަގަން ޖެހޭނެއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް