ދިވެހިންގެ ތައުލީމަށް އިންޑިއާ އިން އަބަދުވެސް އިސްކަންދޭ: ރަޖީވް ޝަހާރޭ

ދިވެހިންގެ ތައުލީމަށް އިންޑިއާ އިން އަބަދުވެސް އިސްކަންދޭ: ރަޖީވް ޝަހާރޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ދިވެހިންގެ ތައުލީމަށް އިންޑިއާ އިން އަބަދުވެސް އިސްކަންދޭ ކަމަށް އިންޑިއާ ހައިކޮމިޝަނަރ ރަޖީވް ޝަހާރޭ ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ކިޔެވުމަށް އިންޑިއާ ސަރުކާރުން މިއަހަރު ރާއްޖެއަށް ފުރުޞަތު ދިން 41 ދަރިވަރުންގެ ތެރެއިން ބެންގަލޫރު ޔުނިވަރސިޓީގައި ކިޔެވުމަށް ފުރާ 18 ދަރިވަރުންނާއި ސްކޯލާޝިޕް ހަވާލުކުރުމަށް މިއަދު އިންޑިއާ ޘަޤާފީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އަހަރަކު 50 އަށްވުރެ ގިނަ ސްކޯލާޝިޕް އެކި ގޮތްގޮތުން ދެވޭ ކަމަށެވެ. އަދި އެއީ 350،000 މީހުންގެ އާބާދީއަކަށް ބަލާއިރު ވަރަށް ގިނަ އަދަދެއް ކަމަށެވެ.

"ތައުލީމަކީ ޤައުމުގެ ކުރިއެރުމަށް އެންމެ ބޭނުން ވަސީލަތް. އެހެންވެ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ކިޔަވައިދީގެން އެޤައުމުތައް ކުރިއަރުވަން އިންޑިއާ އިން ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ. އެހެންވެ އިންޑިއާ އިން ގެންދަނީ ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ސްކޯލާޝިޕް ފުރުޞަތުތައް ދެމުން. ސްކޯލާޝިޕް ދިނުމުގައި އާންމުގޮތެއްގައި ބަލަނީ ޤައުމުގެ އާބާދީގެ ނިޞްބަތަށް."

ރަޖީވް ޝަހާރޭ ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާކުރިއެރުވުމަކީ އިންޑިއާ އިން ޚާއްޞަ ސަމާލުކަމެއްދޭ ކަމަކަށްވާތީ ޢާންމު 41 ސްކޯލާޝިޕުގެ އިތުރުން މެޑިސިންގެ ދާއިރާއިން ކޮންމެ އަހަރަކުވެސް 10 ސްކޯލާޝިޕޝް ދެމުން އަންނަ ކަމަށެވެ. "އެއިގެ ތެރެއިން 5 ފުރުޞަތު މިދެނީ އެމްއެންޑީއެފަށް. 5 ފުރުޞަތުގެ ތެރެއިން އެއް ފުރުޞަތަކީ ޕޯސްގްރެޖުއޭޓް ވުމަށް ދެވޭ ފުރުޞަތެއް." ކަމަށްވެސް ރަޖީވް ސަހާރޭ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް