ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި ހުއްޓާ ފެނިއްޖެ

ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި ހުއްޓާ ފެނިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މާލެއަތޮޅު ހިންމަފުށީ ގެއެއްގެ ދޮރަށް އިއްޔެ ވަޒަނެއް އަރާފައި ހުއްޓާ ފެނިގެން އެމައްސަލަ ފުލުހުންނާއި އެމްއެންޑީއެފުން ބަލަން ފަށައިފި އެވެ.

އިއްޔެ ހެނދުނު ހިނގި އެ ކަންތައް ފުލުހުންނަށް ރިޕޯޓު ކުރުމުން އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ވަނީ މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ސިރާޖު ވިދާޅުވީ ވަޒަން އަރާފައިވަނީ ހިންމަފުށީގެ މެދެއްހާ ހިސާބުގައި ހުންނަ އަޅިވިލާގޭގެ ބޮޑު ދޮރަށް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ ރަށް ކައިރީގައި އޮންނަ ގިލި ލަންކަންފުށި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ކުއްޔަށް ހިފައިގެން އުޅޭ ގެއެއް ކަމަށެވެ.

އޭނާގެ އަންހެނުންވެސް ދިރިއުޅެނީ އެގޭގައި ކަމަށާއި އެވަޒަން އެރިކަމަށް ބެލެވޭ ވަގުތު އޭނާ އެގޭގައިވެސް އުޅޭކަމަށް ސިރާޖް ވިދާޅުވިއެވެ.
އަދި އެ ވަޒަން ޖެހުނު އަޑު އެ ހިސާބުގެ ކައިރި ގެތަކުގެ މީހުންނަށް ވެސް އިވުނު ކަމަށް ސިރާޖު ވިދާޅުވި އެވެ.

މާލެ އިން ފުލުހުންނާއި ސިފައިންގެ ޓީމެއް ގޮސް ދަނީ އެކަން ބެލުމުގައި ހަރަކާތްތެރިވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު