ސްޓޭޓްވތަކުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަލްމާން ރަސްގެފާނު އެދިވަޑައިގެންފި

ސްޓޭޓްވތަކުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަލްމާން ރަސްގެފާނު އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު


ސައުދީ ރައްޔިތުންނަށާއި ސައުދީގައި ދިރިއުޅޭ މީހުން އަދި ސައުދީއަށް ޒިޔާރަތްކުރާ މީހުންނަށް ވީހައި ބޮޑަށް ކަންކަން ފަހިކޮށްދިނުމަށާއި ދޭ ޚިދުމަތްތައް މިހާރަށްވުރެވެސް ރަނގަޅުކުރުމަށް ސައުދީ ރަސްގެފާނު ސަލްމާން ހުރިހައި ގަވަރުނަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ސަލްމާން މިކަމަށް އެދިވަޑައިގަތީ މަދީނާއަށް އިއްޔެ ކުރެއްވެވި ދަތުރުފުޅ ފުރާވަޑައިގަތުމުގެ ކުރިން ޖިއްދާގައި ހުންނަވައިގެންނެވެ.،

މަދީނާއަށް އިއްޔެ ސަލްމާން ކުރެއްވެވި ދަތުރުފުޅަކީ ސަލްމާން އަށް ރަސްކަން ލިބިވަޑައިގެންެނެވިފަހުން މަދީނާއަށް ކުރެއްެވެވި ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި އިއްޔެ ސަލްމާން ވަނީ ކައުއިތުރު ރަސޫލާގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީއަށް ވަޑައިގެން ކައުއިތުރު ރަސޫލާގެ މުޤްބަރާއަށް ޒިޔާރަތް ކުރައްވާފައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސަލްމާން ރަސްގެފާނު ވަނީ މައްކާއަށް ވަޑައިގެން ޙަރަމްފުޅު ދޮވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް