އެކްސެލް ސީ.އާރު.ސީ ކަޕް 16" ގެ ކްއާޓާރ ފައިނަލް މެޗްތައް ފަށައިފި

އެކްސެލް ސީ.އާރު.ސީ ކަޕް 16" ގެ ކްއާޓާރ ފައިނަލް މެޗްތައް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު


"އެކްސެލް ސީ.އާރު.ސީ ކަޕް 16" ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމި، ކްއާޓާރ ފަައިނަލްގެ މެޗްތައް އަންގާރަ ދުވަހު ފަށައިފިއެވެ.

މިގޮތުން ކްއާޓާރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވާ ޓީމް ތަކަކީ 'ސަރުޖަން'، 'ޕީ.ޕީ.ޓީ'، 'ޓީމް ސޮސް'، 'ޓީމް ވަން2ފައިވް'، 'ޓީމް ފައިނޭންސް'، 'އެކްސްޕްރެސް'، 'ޓީމް އެއާ ކާގޯ'، އަދި 'ކާގޯ އެކުވެރިން' އެވެ. ކްއާޓާރ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހަވީރު ވިލީ ފުލުސް ކުރިމަތި އޮންނަ ދެނަންބަރު ފުޓްސަލް ދަނޑުގައެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާމިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް 5 ޖުލައިގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 7 ޖުލައިގައެވެ.

ރަމަޟާންމަހު 2 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ކަސްޓަމްސްގެ އެކި އެކި ސެކްޝަންތަކުން 12 ޓީމް ބައިވެރިވެފައިވެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު ސީ.އާރު.ސީ ކަޕްގެ ނަމުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރއަކީ ބީ.އެޗް.އެމް. ޓްރޭޑަރޒްއެވެ. މިއީ މެދުނުކެނޑި މިމުބާރާތް ބާއްވަމުން އަންނަތާ 16 ވަނަ އަހަރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް