އެންމެ ބޮޑު ހުރަހަކީ ކޮންބައެއްކަން ނުއެނގޭ ކުންފުނިތައް: ޖަނާޙް

އެންމެ ބޮޑު ހުރަހަކީ ކޮންބައެއްކަން ނުއެނގޭ ކުންފުނިތައް: ޖަނާޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މަދިރި އުފެދުމުގެ ފުރުޞަތު އޮތް ފެން އުފެދޭތަންތަން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުރިތޯ ބަލައި ޗެކުކުރަން މަސައްކަތް ކުރުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ކޮންބައެއްކަން ނުއެނގޭ ކުންފުނިތައް ކަމަށް މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާޙް ވިދާޅުވެއްޖެއެވެ.

ޖަނާހް ވިދާޅުވީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން އުފެދޭ ގޮތަށް ތަންތަން ހުރިތޯ ބަލައި އެފަދަ ތަންތަން ހުރިނަމަ އެ މައްސަލަ ހައްލުކުރަން މަސީން މަސައްކަތްކުރާނެ ކަމަށެވެ.

ޖަނާޙް ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދާ ސައިޓުތަކުގެ މައުލުމާތު ހޯދަން ބަލާއިރު މަސީގެ މެންބަރު ކުންފުނިތަކާއި މެންބަރުން ނޫން ކުންފުނިތަކުގެ މައުލުމާތުވެސް ހޯދިދާނެ ކަމަށެވެ. ނަމަވެސް ދަތިތައް ކުރިމަތިވާނީ އެއީ ކޮންބައަކު ކުރާ މަސައްކަތެއްކަން ނުއެނގި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ކަމަށެވެ.

ރާއްޖޭގައި ޑެންގޫ ހުން ވަރަށް ބާރަށް ފެތުރި މިހާރުވެސް ވަނީ 4 މީހުން މަރުވެފައެވެ. އެހެންކަމުން ޑެންގޫ ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑެންގޫ ޖެހެނީ މަދިރީގެ ސަބަބުން ކަމަށްވާއިރު ޑޮކްޓަރުން ވިދާޅުވަނީ ޑެންގޫ ކޮންތްރޯލްކުރުމަށް އޮތް ހައްލަކީ ހޮސްޕިޓަލުތަކާއި ޑޮކްޓަރުން ނޫން ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ މަދިރި ނައްތައިލުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް