މަގުތައް ފުރެނީ "ބާރު ގަދަ" ވެހިކަލްތައް ގިނަވާތީ!

މަގުތައް ފުރެނީ "ބާރު ގަދަ" ވެހިކަލްތައް ގިނަވާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހި ފުރިއްޖެއެވެ. ނަމަވެސް ފުރި ބާރުވެ ނުދުއްވިގެން މިއުޅެނީ ހަމައެކަނި ވެހިކަލް ގިނަވެގެނެއް ނޫނެވެ. މާ ބާރު ގަދަ ވެހިކަލްތައް މާގިނަ ވާތީއެވެ.

ޚަބަރުގައި އެވާ އެއް ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ 3 ވެހިކަލެވެ. މެދުގައި އެވާ ވެހިކަލް ދުއްވަނީ އެއް ނޫނެވެ. މަގު މެދުގައި މަޑުކޮށްލައިގެން އޮވެ ވައަތް ފަރާތުގައި އޮތް ޕިކަޕްގެ ޑްރައިވަރާއި އަދި އެތަނުގައި ހުރި ސަރުދާރަކާ ވާހަކަ ދައްކަނީއެވެ.

ކަނައަތް ފަރާތުގައި އޮތް ވެހިކަލަށް އެއޮތީ ގުޑައި ނުލެވިފައެވެ. ދެކޮޅުން ސައިކަލްތައް ބަރުގޮނު އަޅަނީއެވެ.

ކޮންމެ ކަމެއް ކުރިމަތިވާއިރު ފުލުހުންނަކަށް ނުތިބެވޭނެއެވެ. ނަމަވެސް ކަންކަން ރަނގަޅުކުރަން ބޭނުންނަމަ ކުރެވޭނެ ގޮތްތައް ހުރެއެވެ. ސީސީޓީވީ އިން ކަވަރުކުރުން، ވޮލަންޓިއަރުން ނެރުން، މަސައްކަތް ޢާންމުންނާއި ވެސް ހަވާލުކުރުން ފަދަ ގޮތްތައް ހުރެއެވެ.

ޓްރެފިކް ބަލަހައްޓާ ފުލުހުން ހަރަކާތްތެރިވާ ވަގުތުތަކުގައި ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓައެވެ، އިންތިޒާމުވެސް ކުރެއެވެ. މައްސަލަ ނުކުންނަނީ ޓްރެފިކް ފުލުހުންނަށް ނުތިބެވޭ ަވަގުތުތަކުގައާއި ބައެއް މަރުކާތަކުގެ ވެހިކަލްތަކުގައި "އަތްނުލެވޭތީ" އެވެ.

މާލެއަށް ކުރިމަތިވެފައިވާ ވެހިކަލްތަކުގެ މައްސަލަވެސް ހައްލުކުރެވޭނީ އިތުރު ބައަކު ފުލުހުންނަށް އެޙީތެރިވެދީ ވެހިކަލްތައް ދުއްވާ ބާރުގަދަ މީހުންެގެ ކިބައިން މަގުތައް ސަލާމަތް ކުރެވިގެންނެވެ. ޕާކުކުރުން މަނާކޮށް ދެ ރޮނގު ދެމީމާ ޕާކުކުރާ ޖީ މަރުކާގެ ކާރުތައް އެތަންތަނުގައި ޕާކުނުކުރެވޭނެ ގޮތް ހަދައިގެނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް