އެޓޯލް ކޮމާންޑަރ ކަޕްގެ ނަމުގައި މަހިބަދޫގައި ފްޓްސެލް މުބާރާތެއް ބާއްވައިފި

އެޓޯލް ކޮމާންޑަރ ކަޕްގެ ނަމުގައި މަހިބަދޫގައި ފްޓްސެލް މުބާރާތެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެޓޯލް ކޮމާންޑަރ ކަޕްގެ ނަމުގައި ފްޓްސެލް މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތަކީ، މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ރަނގަޅުކޮށް އެކުގައި މަސައްކަތްކުރުމުގެ ރޫޙު އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދިއަ ފުޓްސެލް މުބާރާތެކެވެ.

ޖޫން 25 ވަނަ ދުވަހުގެރޭ 21:30 ގައި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ފުޓްސެލް ދަނޑުގައި ފެށި މި މުބާރާތުގައި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 5 ޓީމެއް ބައިވެރިވިއެވެ.

މި މުބާރާތުގައި ބައިވެރިވި ޓީމް ތަކަކީ، ޓީމް ކުލަ ޔެލޯ، އެފް.ސީ އޮގީ، ޓީމް ޑިފަރެންޓް، ޓީމް ރެންގޯގެ އިތުރުން އެފް.ސީ ގަދަބާރުއެވެ.

މި ޖުލައި މަހުގެ 1 ވަނަދުވަހު ރޭ ކުރިއަށް ދިއަ މި މުބާރާތުގެ ފައިނަލް މެޗް ގައި ވާދަކޮށްފައިވަނީ ޓީމް ކުލަ ޔެލޯ އާއި ޓީމް ޑިފަރެންޓްއެވެ. މި މެޗު 0-3 ން ކާމިޔާބުކޮށްފައިވަނީ ޓީމް ކުލަ ޔެލޯއެވެ. އަދި ފައިނަލް މެޗްގެ މޮޅު ކުޅުންތެރީޔާއަށް ހޮވިފައިވަނީ ކުލަ ޔެލޯގެ ޕޮލިސް ސަރޖަންޓް މޫސާ ހިލާލްއެވެ.

މީގެ އިތުރުން މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޓީމް ކުލަ ޔެލޯގެ ޕޮލިސް ކޯޕްރަލް މުޙައްމަދު ނިހާން އެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކުލަ ޔެލޯގެ ޕޮލިސް ސަރޖަންޓް މޫސާ ހިލާލް އެވެ.

މުބާރާތް ނިމުމުން ބައިވެރިވި ޓީމް ތަކަށާއި ޗެންޕިއަން ޓީމް އާއި ރަނައަޕް ޓީމުގެ އިތުރުން ވަނަ ވަނައަށް އައި ކުޅުންތެރިންނަށް ތައްޓާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އދ.އަތޮޅު އެޓޯލް ކޮމަންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ސޮފްވަތު ރަޢޫފްއެވެ.
އދ.މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކު ރަމަޟާން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު