އިޒްރޭލުން ފަލަސްޠީނަށް ދިން ގެއްލުން: ހަނގުރާމަވެރި ޖަރީމާތަކެއް

އިޒްރޭލުން ފަލަސްޠީނަށް ދިން ގެއްލުން: ހަނގުރާމަވެރި ޖަރީމާތަކެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

މިދިއަ އހަރުގެ ރަމަޟާންމަހު އިޒްރޭލުން ފަލަސްޠީނަށް ދިން ގެއްލުންތަކަކީ ހަނގުރާމަވެރި ޖަރީމާތަކެއްގެ ގޮތުގައި އދ އިން ވަނީ ބަލައިގެންފައެވެ.

ޔޫއެންއެޗްއާރުސީއެމް އިން އެކަން ބަލައިގަތީ އެކަމަށް ހުށަހެޅުނު ޤަރާރަށް 41 މެންބަރުން ތާއީދުކުރުމުންނެވެ. ތާއީދުކުރި ޤައުމުތަކުގެތެރޭގައި އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތާއި، ޗައިނާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ދިވެހިރާއްޖެ ހިމެނެއެވެ.

އިންޑިއާ، ކެންޔާ، އިތިއޯޕިއާ، ޕެރެގުއޭ މެސެޑޯނިއާ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ޤަރާރު ވީޓޯކޮށް ވޯޓުދީފައިވަނީ އިޒްރޭލުގެ ބައިވެރިޔާ އެމެރިކާއިންނެވެ.

އިންޑިއާ އަކީ މިހައިތަނަށް މިފަދަ ކަންކަމުގައި ފަލަސްޠީނާއި އެއްކޮޅަށް ވޯޓުދެމުން އައި ޤައުމެއް ނަމަވެސް މިފަހަރުގެ ވޯޓުގައި އިންޑިއާ އިން ބައިވެރިނުވީ އިޒްރޭލުގެ ބޮޑުވަޒިރު އިންޑިއާގެ ބޮޑުވަޒީރަށް ގުޅައި ވޯޓުގައި ބައިވެރިނުވެ ދިނުމަށް އެދުމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މިމައްސަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅޭނެކަމަށް ބެލެވެއެވެ. ނަމަވެސް މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް އެމެރިކާއިން ހުރަސްއަޅާނެކަމަށް ބެލެވެއެވެ.

އިޒްރޭލުން ޣާޒާގެ ރިފިޔުުޖީ ކޭމްޕްތަކަށް ހަމަލާ ދިނުމާއި ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން މެރުމާއި ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކަށް ގެއްލުންދިނުން ފަދަ ކަންކަމަކީ އިޒްރޭލުން ހިންގާފައިވާ ބޮޑެތި ލާއިންސާނީ ޖަރީމާތަކެވެ.

އދގެ ސެކެޓްރީ ޖެނެރަލް ބާން ކީމޫން ވަނީ މިހަމަލާތަކަކީ ލާއިންސަނީކަން ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޖަރީމާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް