85 އަހަރު އެކުގައި އުޅުނު ދެމަފިރިއަކު އެކުގައި މަރުވެއްޖެ

85 އަހަރު އެކުގައި އުޅުނު ދެމަފިރިއަކު އެކުގައި މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އުމުރުން 8 އަހަރުގައި ރައްޓެހިވެ، އެކުގައި 85 އަހަރު ހޭދަކުރި ދެމަފިރިން 24 ގަޑިއިރުގެ ތެރޭގައި އެކަކު އަނެކަކު ކައިރީގައި އެއްއެނދުގައި އޮވެ، މަރުވެއްޖެ އެވެ.

ޖެނެޓް ޓޮޒްކޯ، 96، އާއި އެލެގްޒެންޑަރ ޓޮޒްކޯ، 95، އެންމެ ފަހުން ދުނިޔޭގައި ހޭދަކުރި ވަގުތު ހޭދަކޮށްފައިވާ މަންޒަރު ވަނީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެތަށް ހަބަރެއްގައި ފާހަގަކޮށްފަ އެވެ.

ދެ މީހުން މަރަށް ތައްޔާރުވާން ފަށާފައި ވަނީ އެލެގްޒެންޑަރ ވެއްޓި، އުނަގަނޑަށް ލިބުނު ގެއްލުމާއި ގުޅިގެން ސިއްހީ ހާލަތު ދައްވާން ފެށުމާއެކީ އެވެ. އަދި، ހަމަ މި ދުވަސްކޮޅު ޖެނެޓްގެ ހާލަތު ދަށްވާން ފެށުމާއި ގުޅިގެން، ދެމީހުންވެސް ވަނީ އެކަކު އަނެކަކު ކައިރީ އޮވެގެން މަރުވުމަށް ވައުދުވެފަ އެވެ. މި ދެމީހުންވެސް ވަނީ ޖޫން 17 ގައި މަރުވެފަ އެވެ.

އެދެމަފިރިންގެ ދަރިފުޅު، އެއިމީ ޓުޒްކޯ-ކުޝްމަން ބުނީ އެންމެ ފުރަތަމަ މަރުވީ ބައްޕަ ކަމަށެވެ. އަދި، ބައްޕަ މަރުވުމުން، މަންމަ ގާތު އެވާހަކަ ބުނި ކަމަށެވެ. އެހެން ބުނުމާއެކު، ބައްޕަ ގައިގައި ބެއްދުމަށްފަހު، "މީ ކަލޭ ބޭނުންވި ގޮތް. އަހަރެން ކައިރީގައި އޮވެގެން ތި މަރުވީ. އަހަރެން ވަރަށް ލޯބިވޭ. އަހަރެން ވަރަށް ލޯބިވޭ، އަހަންނަށްޓަކައި އިންތިޒާރު ކުރޭ، އަހަރެން މިއަންނަނީ،" މިހެން ބުނި ކަމަށް އެއިމީ ބުންޏެވެ.

އެހެން ބުނުމުން، ބައްޕަ އާއި މަންމަ އެކަނި ބޭއްވުމަށްފަހު، އެދެމަރިފިންގެ ފަސް ދަރިން ކޮޓަރިން ވަނީ ނުކުމެފަ އެވެ.

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ 1940 ވަނައަހަރުއެވެ. ކައިވެނި ކުރުމަށްފަހު، އެލެގްޒެންޑަރ ވަނީ އެމެރިކާ ނޭވީގައި ޓެލެގްރާފް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެއަށްފަހު، އެދެމަފިރިން ވަނީ ނިއު ޔޯކް ސިޓީ އަށް ބަދަލުވެ، އެޑްވަޓައިޒަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ އަހަރުތަކެއްގެ ފަހުން ދެމަފިރިން ވަނީ އެޑްވަޓައިޒިން އަދި ފެޝަން ފޮޓޯގްރަފީ ކުންފުންޏެއް އުފައްދައި އޭގެ މަސައްކަތް ކޮށްފަ އެވެ.

މި ދެމަފިރިންގެ ދިގު ކައިވެންޏަށް ވަނީ ފަސް ދަރިންނާއި، 10 ކާފަދަރިންނާއި ހަ މުނިކާފަދަރިން ލިބިފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު