ﷲ އުފެއްދެވި އެންމެ މާތް ފެނަކީ ޒަމްޒަމް ފެން: ޝައިޚް އިލްޔާސް

ﷲ އުފެއްދެވި އެންމެ މާތް ފެނަކީ ޒަމްޒަމް ފެން: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

މާތްﷲ އުފެއްދެވި ހުރިހައި ފެންތަކުގެ ތެރެއިން އެންމެ މާތް ފެނަކީ ޒަމްޒަމް ފެން ކަމަށް ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.ޝައިޚް އިލްޔާސް ވިދާޅުވީ މާތްﷲ އުޑުން މަލާއިކަތް ބޭކަލުން ބިމަށް ފޮނުއްވަވައިގެން ކައުއިތުރު ރަސޫލާގެ މޭމަތިފުޅު އިރުއްވަވައި ހިތްޕުޅު ޠާހިރު ކުރެއްވެވި އިރު މަލާއިކަތް ބޭކަލުން ބޭނުންފުޅުކުރެއްވެވީ ޒަމްޒަމް ފެން ކަމަށެވެ.އެހެންކަމުން ޝައިޚް އިލްޔާސް ޤަބޫލުފުޅު ކުރައްވަވާ ގޮތުގައި ޒަމްޒަމް ފެނަކީ އުޑުގައި ﷲ ލެއްވެވި ފެންތަކަށްވުރެ މާތް ފެނެކެވެ.ޝައިިޚް އިލްޔާސް ވިދާޅުވީ ޒަމްޒަމް ފެނަކީ ހުރިހައި ބަލިތަކެއްގެ ޝިފާ ކަމަށާއި ބޭނުންވަނީ ﷲއަށް އިތުބާރުކޮށް، އީމާންކަން ވަރުގަދަ ކުރުން ކަަމަށެވެ.ދުނިޔަވީ އުޞޫލުތަކުގެމަތިން ޑޮކްޓަރުން ދޭ ބޭސްވެސް ބޭނުންކުރަންޖެހޭނެ ކަމަށާއި ނަމަވެސް ބަލިތަކުން ސަލާމަތްކޮށް ދެނީ ބޭސްގުޅަ ނޫން ކަމާއި ބަލިތަކުން ސަލާމަތްކޮށްދެއްވަވަނީ ﷲކަން އަބަދުވެސް ޔަޤީންކުރަންޖެހޭނެކަމަށެވެ.ޝައިޚް އިލްޔާސް ވިދާޅުވީ ހައްޖަށާއި އުމުރާއަށްދާ މީހުންނަށް ނުހަނު ފަސޭހަކަމާއިއެކު ޒަމްޒަމް ފެން، އެމީހަކު ބޭނުންވަރަކަށް ބޯން ލިބޭނެ އިންތިޒާމު ދެ ހަރަމްފުޅުގައިވެސް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން ވީހައި ގިނައަކުން ޒަމްޒަމްފެން ބުއިމަށް އެދިވަޑައިގަންނަވާ ކަމަށެވެ."ހަމަ ވީހައި ގިނައަކުން ޒަމްޒަމް ފެން ބޯންވީ. ފެން ބޯންވީ ތިމާއަށް ޖެހިފައިވާ ބަލިމަޑުކަމުން ސަލާމަތް ކުރެއްވެވުމަށް ﷲގެ ޙަފްރަތުގައި އެދެމުން."ޒަމްޒަމް ފެނަކީ، ހައިހޫނުކަން ފިލުމާއި ބަލިތަކަށް ޝިފާލިބުމާއި އަދި އެނޫންވެސް އެތައް ގިނަ ފައިދާތަކެއް ލިބިގެންދާ ފެނެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް