ދޮގު ހަދާމީހާއަށް އެކަން ބައްޔަކަށްވެ ހުއްޓައިނުލެވޭ ހިސާބަށްދާނެ: މުފްތީ އިސްމާޢީލް މެންކް

ދޮގު ހަދާމީހާއަށް އެކަން ބައްޔަކަށްވެ ހުއްޓައިނުލެވޭ ހިސާބަށްދާނެ: މުފްތީ އިސްމާޢީލް މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ދޮގުހަދާނަމަ އެމިހާއަށް އެކަން ބައްޔަކަށްވެ ހުއްޓައިނުލެވޭ ހިސާބަށް ކަންކަން ދާނެ ކަމަށް މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.ދޮގު ހެދުމުގެ ނުބައިކަމާއިބެހޭގޮތުން ދަރުސް ދެއްވަމުން މުފްތީ ވިދާޅުވީ ދޮގެއް ހަދައިފިނަަމަ އެދޮގު އައިސް އިންސާނާ ވަށައިލާނެ ކަމަށާއި އެހެން ކަމުން އެދޮގުން ސަލާމަތް ނުވެވިގެން އުޅެން ހަދައިގެން އެތައް ގިނަ އިތުރު ދޮގުތައް ހަދަންޖެހޭނެ ކަމަށެވެ.މުފްތީ ވިދާޅުވީ ދެ ދުނިޔޭގައިވެސް ދިންނެވުން އޮތީ ދޮގުހެދުމުން ސަލާމަތްވެ ތިބެގެން ކަމަށެވެ.މުފްތީ ވިދާޅުވީ ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެއް ކަމަށާއި މުނާފިޤުންނަކީ ގެއްލެނިވެގެންވާ ބައެއް ކަމަށެވެ. "ދޮގުހަދާ މީހާ ދޮގުހަދަމުން ގޮސް އެމީހާގެ ނަން ﷲގެ ޙަޟްރަތުގައި އޮންނަ ދޮގުހަދާ މީހުންގެ ދަފްތަރުގައި ލިޔެވެންދެން ދޮގު ހަދާނެ. ނަމަވެސް އެއީ އެއްވެސް މުސްލިމަކު އެދޭނެ ގޮތެއް ނޫން. ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ މާތް މީހުންގެ ދަފްތަރުގައި އެމީހާގެ ނަން ލިޔެވެން. ދޮގުހަދާ މުނާފިޤުންގެ ދަފްތަރުގައި ލިޔެވޭކަށް ބޭނުމެއް ނުވާނެ."މުފްތި ވިދާޅުވީ ދޮގު ހަދަން އާދަވެފައިތިބޭ މީހުން ﷲގެ ނަންފުޅު ބޭނުންކޮށްގެންވެސް ދޮގުހަދަންޖެހިލުންނުވާ ކަމަށެވެ. "ކިތަންމެ އާދައިގެ ކަމެއްގައި ނަމަވެސް ބުނާނެ ﷲ ގަންދެމޭ. ކީީރިތި ޤްރްއާން ގަންެދެމޭ. މިހެން ގޮސް ކިޔުނުހައި އެއްޗެއް ކިޔޭނެ."މުފްތީ ވިދާޅުވީ ތެދުބަހުން ވާހަކަދައްކާ މީހުންނަށް މީސްތަކުން އިތުބާރު ކުރާނެ ކަމަށާއި ދުލުން ބުނާ ކޮންމެ ބަހަކާއި ގުޅުވައިގެން ﷲ ގަންދީ ހުވާކުރަން ނުޖެހޭނެ ކަމަށެވެ.މުފްތީ ވިދާޅުވީ މީސްތަކުން ދޮގިހަދާ ސަބަބުތައް ކީރިތި ޤްރްއާނުގައި ﷲ ބަޔާންކުރައްވަވާފައިވާ ކަމަށާއި އެއިގެ ތެރެއިން އެއް ސަބަަބަކީ ތިމާއަކީ އެހެން މީހުންނަށްވުރެ މަތީ މީހެއްކަން އެންގުން ކަމަށެވެ."ކަލެއަށް ލިބޭ އާމްދަނީ އާއިމެދު މީހަކު ސުވާލުކޮށްފާނެ. ދޮގުހަދައި ބޮޑެތި އަދަދުތައް ނުބުނޭ. އަސްލު އަދަދު ބުނޭ. އެއިރުން ﷲ ކަލެއަށް ޞަދަޤާތް ދެއްވަވާނީ. ނޫނީ އެއީ ކަލެއާއިބެހޭ ކަމެއް ނޫން ކަމަށް ބުނެ މަޑުންހުރޭ."މުފްތީ ވިދާޅުވީ ދޮގުހަދާ މީހުން ދައްކާ ވާހަކައަށް ސަމާލުކަންދީ އެމީހުން ހަދާ ދޮގުތައް އަޑުއަހަނީވެސް ދޮގު ހެދުމަށް ޝައުޤުވެރިކަން ހުންނަ، ދޮގުހަދަން ބޭނުންވާ މީހުން ކަމަށެވެ. "ދޮގު ހެދުމަކީ ﷲ ހަރާމް ކުރައްވަވާފައިވާ ކަމެއް. ވީއިރު ކީއްކުރަންތޯ އަޅުގަނޑުމެން ދޮގު ހަދާމީހުންގެ އަޑުއަހަންވީ. އެކަމަށް ސަމާލުކަންދޭންވީ؟"މުފްތީ ވިދާޅުވީ މިފަދަ ހުރިހައި ކަންކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބަހުރި ކަމަށާއި ބޭނުންވަނީ ކީރިތި ޤްރްއާން މުރާޖަޢާކޮށް ކަންކަން އޮޅުންފިލުވާނެ ހިތްވަރު ކަމަށެވެ.މުފްތީ ވިދާޅުވީ ކަމަކާއިމެދު ވިސްނައި ދަސްކުރަން ބޭނުންމީހާ، އެމީހާ ބޭނުންވާ މައުޟޫއު ޚިޔާރުކޮށް ކީރިތި ޤްރްއާނުން ތަފްޞީލު ހޯދަން މަސައްކަތްކޮށްފިނަމަ އެއީީ ކޮންމެ މައުޟޫއެއް ނަމަވެސް ތަފްޞީލު ލިބޭނެ ކަމަށެވެ. އަދި އެއީ ކީރިތި ޤްރްއާނަކީ ﷲގެ މަތިވެރި މުޢުޖިޒާތެއްކަމުގެ ހެކިތަކުގެ ތެރެއިން ހިމެނޭ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް