ޢާއިލާ ސަލާމަތްކުރުމަށް ދޮގުހެދުމުން ސަލާމަތްވާންޖެހޭ: މުފްތީ އިސްމާޢީލް މެންކް

ޢާއިލާ ސަލާމަތްކުރުމަށް ދޮގުހެދުމުން ސަލާމަތްވާންޖެހޭ: މުފްތީ އިސްމާޢީލް މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

"އަނބިމީހާ ތިބާއަށް ގުޅާފައި ތިބާ ހުރީ ކޮންތާކުތޯ ސުވާލުކޮށްފާނެއެވެ. ޖަވާބުގައި ތިބާ ހުރީ މިސްކިތުގައި ކަމަށް ބުނެފާނެއެވެ. ނަމަވެސް އެއިރު ފޯނުގައި ހުރި ޖީޕީއެސް ސިސްޓަމުން ތިބާ އިނީ ކްލަބެއްގައިކަން އެބައެނގެއެވެ.



އެވާހަކަ އަންހެނުން ބުނެފާނެއެވެ. ދެން ތިބާ ބުނާނީ ނޫނެކެވެ. އެއީ އަހަރެންގެ ރަހްމަތްތެރިޔާއެވެ. އަހަރެމެން މިއަދު މިއުޅެނީ ފޯނު ބަދަލުކޮށްގެންނެވެ. ހަދަން ޖެހޭނީ މިފަދަ ދޮގުތަކެވެ.



(އެހިނދު އަންހެނުން ވީޑިއޯ ކޭމެރާ ޖައްސަން އެދިއްޖެ ނަމަ ބުނާނީ އެބައި ހުރީ ހަލާކުވެފައިކަމަށްހެއްޔެވެ؟)



މިހާލަތު މެދުވެރި މިވަނީ ތިބާގެ ބައިވެރިޔާ ދެކެ ތިބާ ލޯބިނުވާތީއެވެ. ލޯބި ނުވާ ބައިވެރިއެއް ކައިރީގައި ލޯބިވާކަމަށްބުނެ ދޮގުހަދަމުން ގެންދާތީއެވެ. އެހެން ނުހަދާށެވެ. އެހެން ހެދީމާ ތިބާގެ ދަރިފަސްކޮޅަށް އެކަމުގެ ނޭދެވޭއަސަރުކުރާނެއެވެ. ތިބާއާއި މާތްﷲ ހަވަލުކުރެއްވި ޒިންމާތަކަށް އިހްމާލުވެވެނީއެވެ.

ލޮބުވެތި އަޚުންނޭވެ!

ކަމެއް ކުރިމަތިވެއްޖެނަމަ އެކަމެއް އަނބިންނާއި ހިއްޞާ ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ! އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކަމެއް ކުރިމަތިވެއްޖެނަމަ އެކަމެއް އަނބިމީހާއަށް ސިއްރުކުރަން ބޭނުންވާ މީހުންނެވެ.



މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ އަނބިންނަށް އިތުބާރު ނުކުރާތީއެވެ. އަނބިމިހާއަކީ ތިބާގެ ދިރިއުޅުމުގެ އެއްބައިކަމަށްވާއިރު އަނބިންނާއި ދުރުހެލިވެ އިތުބާރު ނުކުރުމަކީ ކޮންފަދަ ބޭއިންސާފެއްތޯއެވެ!



ނަތީޖާއަކަށްވަނީ އަނބިންނާއި އޮންނަންޖެހޭ ގުޅުން ދުރުވުމެވެ. އެގުޅުން ދުރުވެގެންދާކަން ދަރިންނަށް އެނގުމުން ދަރިން ޢާއިލާ އާއި ދުރުވެއެވެ. އެދަރިން ގުޅެން ނުޖެހޭ މީހުންނާއި ގާތްވެ ގުޅުން ބަދަހިކުރެއެވެ.



މިކަމުގައި ކައުއިތުރު ރަސޫލާ އަމަލުކުރެއްވެވި ގޮތަށް ވިސްނާށެވެ. ކޮންމެ ބޮޑުކަމެއް ކުރިމަތިވެވަޑައިގެންެނެވި ނަމަވެސް އަވަސްވެވަޑައިގަތީ އަނބިއަނބިކަނބަލުންނާއި އެކަމެއް ހިއްޞާ ކުރެއްވުމަށެވެ.



އަހަރެމެންގެ ގާތް އަޚުން ނުވަތަ އުޚުތުންނާއިމެދު ބުނާނަމަ އަހަރެެމެން ބުނާނީ ﷲއަށްޓަކައި ތިބާ ދެކެ ލޯބިވަމެވެ. ނަމަވެސް އަނބިން ނުވަތަ ފިރިންނާއިމެދު ބުނާނީ ތިބާދެކެ ލޯބިވާކަމަށެވެ. އެއިގެ މާނައަކީ އެލޯބީގައި ﷲ މެދުވެރިކުރަން ބޭނުން ނުވުމެއް ނޫނެވެ. ނަމަވެސް އޮންނަ ގާތްކަމުގެ ބޮޑުކަމެވެ.



ހަޔާތުގެ ބައިވެރިޔާ އާއިއެކު ކަންކަން އިޙްޞާޞްކުރަން ފަސްޖެހޭ މައިގަނޑު ސަބަބަކީ ހިއްޞާ ކުރެވޭ ކަންކަން ކޮންމެވެސް މީހެއްގެ ގާތުގައި ބުނެވުމުން އެކަން ހާމަވުމެވެ. މިއީ އެއްވެސް ހާލެއްގައި މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. ދެމަފިރިންގެ ކަންކަން ވަރަށް ބޮޑަށް ސިއްރުކުރަންޖެހޭނެއެވެ. ދެވަނަ މީހަކަށް އެނގިގެން ނުވާނެއެވެ. ކޮންމެހެން އެނގެންޖެހޭ ކަމެއް މެނުވީއެވެ.



ދެމަފިރިންެގ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން ަމަސައްކަތްކުރަންޖެހޭނީ ސިއްރިޔާތުގައެވެ. "ދޮރު ބަންދުކޮށް ދޮރުން އެތެރޭގަ"އެވެ.



ދެމަފިރންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އެކަން ކުރެވޭނީ މަޝްވަރާކޮށްގެންނެވެ. ވާހަކަ ދައްކައިގެންނެވެ. މަޝްވަރާ ނުކުރާނަމަ، ވާހަކަ ނުދައްކާނަމަ ކުރިމަތިވާ މައްސަލަތައް މާބޮޑުވާނެއެވެ. މާގިނަވާނެއެވެ.



އާއިލީ ގުޅުން ބަދަހިކަމާއިއެކު ދެމެހްޓުމަކީ ދެމަފިރިންގެ އެންމެ ބޮޑު ވާޖިބެވެ. މަސްއޫލިއްޔަތެވެ. އެވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލް ނުވާށެވެ.



ދަރިންނަށްވުރެ އަގުބޮޑު އެއްޗެއް ނުވެއެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރު ވަަރަށް ތަފާތެވެ. ދަރިއަކު އަތުން ގޭގެ ބިއްލޫރި ގަނދެއް ތެޅިދާނެއެވެ. ދަރިފުޅަށް އަނިޔާތަކެއްވެސް ލިބިދާނެއެވެ.



އެހާލަތުގައި މިއަދު ފެންނަނީ ބިއްލޫރިގަނޑާއިމެދު ކަންބޮޑުވާތަނެވެ. ދަރިފުޅަށް ލިބުނު ގެއްލުމަށްވުރެ ބިއްލޫރި ގަނޑު ތެޅުނީތީ ކަންބޮޑުވާތަނެވެ. އެހެން ނުހަދާށެވެ. ދަރިފުޅަށްވުރެ މުހިންމު، އަގުބޮޑު ބިއްލޫރިގަނޑެއް ނުހުންނާނެއެވެ.



(މުފްތީ އިސްމާޢީލް މެންކުގެ ދަރުސަކުން ޚުލާސާ ތަރުޖަމާއެއް)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް