ހައްޤު ނޫން މީހުންނާ މަސްއޫލިއްޔަތު ހަވާލުކުރުމަކީ ކޮރަޕްޝަން: ޝޫރާ މަޖިލިސް

ހައްޤު ނޫން މީހުންނާ މަސްއޫލިއްޔަތު ހަވާލުކުރުމަކީ ކޮރަޕްޝަން: ޝޫރާ މަޖިލިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޙައްޤު ނޫން މީހުންނާއި މަސްއޫލިއްޔަތު ހަވާލުކުރުމާއި ހަމައާއި އުޞޫލުން ބޭރުން ގާތް ރަހްމަތްތެރިންނާއި ކަންކަން ހަވާލުކުރުމަކީ ކޮރަޕްޝަން ކަމަށް ސައުދިއަރަބިޔާގެ ޤައުމީ އެންޓިކޮރަޕްޝަން ކޮމިޝަން (ނަޒާހާ) އިން ބުނެފިއެވެ.ނަޒާހާ އިން އެޤައުމުގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރާއިމެދު ކުރި ސަރވޭއަކަށްފަހު ބުނެފައިވަނީ އެޤައުމުގައި ފެތުރިފައިވާ ކޮރަޕްޝަނަކީ ހައްޤު ނޫން މީހުންނާއި މަސްއޫލިއްޔަތު ހަވާލުކުރުމުގެ ކޮރަޮޕްޝަން ކަމަށެވެ. އެގޮތުން ޤައުމުގައި ހިންގާ ކޮރަޕްޝަންގެ 54 އިންސައްތަ އަކީ މިބާވަތުގެ މައްސަލަތައް ކަަމަށެވެ.މިސަރވޭ ދައްކާގޮތުން ފައިސާގެ ކޮރަޕްޝަން މައްސަލަތައް ހުރީ 15 އިންސައްތައިގައެވެ. އިހުމާލުވުމުގެ މައްސަލަތުކުގެ އިންސައްތައަކީ 10 އެވެ.ސައުދީގައި ނަޒަހާ އިން މިފަދަ ސަރވޭއެއް ކޮށްފައި މިވަނީ ސަރުކާރަށް ލަފާދޭ ޝޫރާ މަޖިލީހުގެ އިންސަނީ ހައްޤުތަކާއި ބެހޭ ކޮމިޓީން ނަޒާހާ އިން އެ މުއައްސަސާގެ ދައުރު އަދާނުކުރާކަމަށްބުނެ ކަންބޮޑުވުން ފައުޅުކޮށްފައި ވަނިކޮށެވެ.އެކޮމިޓީން ބުނެފައިވަނީ މައްސަލައަކަށްވާވަރުގެ މައްސަލަތައް ބެލުމުގައި ނަޒާހާގެ ކަންކަން ކުރިއަށް ގެންދަނީ މާލަސް ސްޕީޑްގައި ކަމަށެވެ. މައްސަލައަކަށްވާވަރުގެ މައްސަލައެއް ނިންމެނީ އަހަރަކު މައްސަލައެއް ކަމަށެވެ.ރާއްޖޭގެ އެންޓިކޮރަޕްޝަން ކޮމިޝަން އުފެދުނުފަހުން މިވީހައި މުއްދަތުގެތެރޭގައި މައްސަލައަކަށްވާވަރުގެ މައްސަލައެއް އިންސާނުން ބުއްދި ޤަބޫލުކުރާ ބީދައިން ނިންމައިފި ކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ. އަދި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ވެސް ވަނީ މިމޭރުމުން ސުވާލު އުފައްދަވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު