ތުރުކީން އައިސްގެ 15،000 ހަނގުރާމަވެރިން ވަށާލައިފި

ތުރުކީން އައިސްގެ 15،000 ހަނގުރާމަވެރިން ވަށާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ތުރުކީ ސިފައިން އައިއެސް ޖަމާއަތުގެ 15،000 ހަނގުރާމަވެރިން ވަށާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއެންމެންވެސް ވަށާލާފައިވަނީ ބޯޑަރ ހުރަސް ކުރުމުގައާއި އެއަރޕޯޓްތައް ހުރި ސަރަހައްދުތަކުގައެވެ.

ތުރުކީން ބުނީ ތުރުކީގެ ބޯޑަރު ބޭނުންކޮށްގެން އައއިެސް އާއި ގުޅެން ދާން އުޅުނު 1500 މީހަކު އަތުލައި އެމީހުންގެ ޤައުމުތަކާއި ހަވާލުކޮށްފައިވާކަމަށެވެ.

ތުރުކީން ބުނެފައިވަނީ އެއްވެސް ޓެރަރިސްޓް ޖަމާއަތަކަށް އެޤައުމުން އެހީތެރިނުވާނެ ކަމަށާއި ތުރުކީން މަސައްކަތްކުރާނީ ޓެރަރިޒަމް ނައްތައިލުމަށް ކަމަށެވެ.

ތުރުކީއަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. ތުރުކީ ޚާއްޞަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

އެއްސަބަބަކީ އިސްލާމީ ޘަޤާފަތާއި ތަރިކަ ތުރުކީގައި ގިނަކަމެވެ. އެހެންކަމުން މުސްލިމް އަދި އަރަބި ޤައުމުތަކުގެ ގިނަ ބައަކު ފަތުރުވެރިންގެ ގޮތުގައި ތުރުކީއަށް ޒިޔާރަތްކުރެއެވެ.

ހަމައެއާއިއެކު ތުރުކީއަށް ލިބިފައިވާ ދެވަނަ ޚާއްޞަ ކަމަކީ އެޤައުމަކީ އޭސިއާ އާއި ޔޫރަޕަށާއި ދެ ކޮންޓިނެންޓަށް ނިޞްބަތްވާ ޤައުމަކަށްވުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް