ކެއުމުގެ މިންގަނޑު ހިފަހައްޓާނަމަ މައްސަލަތައް މަދުވާނެ

ކެއުމުގެ މިންގަނޑު ހިފަހައްޓާނަމަ މައްސަލަތައް މަދުވާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

އަޅުގަނޑުމެންގެ ތެރެއިންވެސް ގިނަބައަކީ ބަނޑާއި ގޮހޮރުގެ ތަފާތު މައްސަލަތައް ހުންނަ މީހުންނެވެ. ނިޞްބަތުން އެފަދަ މައްސަލަތައް ގިނަކަން ޑޮކްޓަރުން ފާހަގަކުރެއެވެ.


ޑޮކްޓަރުން ފާހަގަކުރާގޮތުގައި މިފަދަ މައްސަލަތައް ކުރިމަތިވާމީހުންގެ ތެރެއިން ގިނަ މީހުންނަށް މައްސަލަތައް ކުރިމަތިވަނީ ކެއުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުންނެވެ. އެއިގެތެރޭގައި ތެލާއި މިރުސް ފަދަ ތަކެއްޗާއި އާރޓިފިޝަލް ސޯސްތަކާއި އެފަދަ ތަކެތި ބޭނުންކުރުން ހިމެނެއެވެ.


ހަމައެއާއިއެކު ކެއުމުގެ ގަޑިތަކަށް ސަމާލުކަން ނުދިނުމާއި ކާއިރު ގިނައިން ކެއުމުގެ މައްސަލަތަކަކީވެސް ފާހަގަކުރަންޖެހޭ މައްސަލަތަކުގެ ގޮތުގައި ޑޮކްޓަރުން ފާހަގަ ކުރެއެވެ.


ކެއިން ބުއިމުގެ މިންގަނޑު ކައު އިތުރު ރަސޫލާ ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވަވާފައެވެ. އެއީ ތިންބައިކުޅަ އެއްބައަށް ކެއުމާއި ތިންބައިކުޅަ އެއްބައަށް ފެނާއި ދެން ހުރި ބައި ނޭވާލުމަށްޓަކައި ހުހަށް ބެހެއްޓުމެވެ.


ސައިންސުގެ އެއްވެސް މިންވަރެއް ނެތް ޒަމާނުގައި މީގެ 1400 އަހަރުކުރިން ކައުއިތުރު ރަސުލާ ހަދީޘްފުޅު ކުރެއްވެވި މި ބަސްފުޅުތަކަކީ ހަމަ ފުރިހަމަ ތެދު ހަޤީޤަތްކަމަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުން ޤަބޫލުކުރެއެވެ. އަދި ކެއުމުގެ މިންގަނޑު އެގޮތަށް ހިފެހެއްޓުމަށް ބާރުއަޅައެވެ.


ނަމަވެސް މިކަންކަމަށް ސަމާލުކަން ދެވެނީ ކިހައި މިންވަރަކަށްބާވައެވެ! ރޯދަ ވީއްލާ ގަޑީގައި ކެވެނީ ހަމަ އެންމެ ރަނގަޅުތަކެތިބާވައެވެ! ހަމަ އެންމެ ރަނގަޅު މިންގަނޑަށްބާވައެވެ! އެއިގެ ފަހުގެ ވަގުތުތަކުގައިވެސް މެއެވެ.


ރަމަޟާން މަސް ނިމެނީއެވެ. ޢާންމު އުޞޫލުން ކައިބޮއި އުޅުމުގެ ދުވަސްތައް ފެށެނީއެވެ. ވިސްނައިލުން ރަނގަޅެވެ. ކިތަންމެ ވަރަކަށް ބަލައިގެން އުޅޭ މީހަކުވެސް ބަލިވެދާނެއެވެ. ބަނޑުގެ މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. ނަަވެސް ﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ބަލައިގެން އުޅުމަށެވެ.


މިފަދަ މައްސަލަތައް ދިމާވެފައިވާ މީހުންގެ އަމަލުތަކަށްބަލާއިރު ގިނައީ ރަނގަޅު އާދަތައް ނުހިފަހައްޓާ މީހުންނެވެ. ޒުވާންއިރު ނުކައި ގިނަ ވަގުތު ހޭދަކުރާމީހުންނެވެ. ނުކައި ނިދާ މީހުންވެސް މަދެއް ނޫނެވެ.


އެފަދަ މައްސަލަތަކުގެ އަސަރު ގިނަ މީހުންނަށް ފެންނަން ފަށަނީ އުމުރުން ދުވަސްވުމުންނެވެ. އެހައި ދުވަސް ވުމުން ދެން ހަަމައެކަނި ޑޮކްޓަރީބޭހުން ރަނގަޅުކުރުމަކީވެސް އެހައި ފަސޭހަކަމަކަށް އޮންނަނީ ނުވެފައެވެ.


ތެދުފުޅެކެވެ. ކޮންމެ ގޮތަކަށް ކައިބޮއި އުޅުނު ނަމަވެސް އުނދަގުލެއް ނުވާ ބައަކު އުޅޭނެއެވެ. ހަނދުމަފުޅުކޮށްލައްވަންވީ ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކަށް ކެންސަރު ނުޖެހުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކެންސަރު ޖެހުމަށް މަގުފަހިނުކުރާ ކަމެއް ނޫން ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް