އިންޑިއާ އަޅުވެތިކުރުމުގެ އަގު ދިނުމަށް ގޮވާލުމުން މޮދީ މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާ އަޅުވެތިކުރުމުގެ އަގު ދިނުމަށް ގޮވާލުމުން މޮދީ މަރުހަބާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

އިނގިރޭސިވިލާތުން އިންޑިއާ އަޅުވެތިކޮށްފައި 200 އަހަރު ބޭއްވި ބޭއްވުމުން އިންޑިއާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އިނގިރޭސި ވިލާތަށް އިންޑިއާގެ އިދިކޮޅު މަޖިލިސް މެންބަރަކު ގޮވައިލުމުން އެކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގައި ތަޤްރީރުކުރަމުން ކޮންގްރެސް އަށް ނިސްބަތްވާ މަޖިލިސް މެންބަރު، ޝަޝީ ތަރޫރު ބުނީ އިނގިރޭސި ވިލަތުން އިންޑިއާ ހިފައި އަޅުވެތިކޮށްގެން 200 އަހަރުވަންދެން ހިފަހައްޓާފައިވާތީ ޤައުމުގެ އިޤްޠިޞާދަސާއި ހުރިހައި ކަންކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށެވެ. އަދި އެކަންކަމަށް ޙައްޤު ބަދަލު އިނގިރޭސި ވިލާތުން އިންޑިާއަށް ދޭންޖެހޭނެ ކަމަށެވެ.

ޔޫޓިޔުބުގައި މިވީޑިއޯ ހާމަކުރުމުން ބޮޑު ތަރުޙީބެއް ލިބި 1.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލައިފައެވެ.

ވީޑިއޯގައި ޝަޝީ ތަރޫރު ބުނެފައިވަނީ އެއިރު އިންޑިއާ އަކީ ފޭރާން ވިޔުމުގައި އެންމެ ކުރިއަރާފައިވާ ޤައުމެއް ކަމަށާއި ނަމަވެސް އިނގިރޭސީން އިންޑިއާއަށް ވެރިވެގަނެ އެމަސައްކަތްކުރާ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ފެރާން ވިޔަން ބޭނުންކުރި ބާވަތްތައް ރޯ މެޓީރިއަލްގެ ގޮތުގައި އިނގިރޭސި ވިލާތަށް ގެންދަން ފެށުމުން މުޅި ސިނާއަތް ދިއައީ އިނދަޖެހިގެން ކަމަށެވެ.

ޝަޝީ ތަރޫރު ބުނީ އިންޑިއާ ހިފައި ޤައުމުގެ އިޤްޠިޞާދު ލޫޓުވާލައިގެން ތިބެ އިނގިރޭސިން ދިއައީ އިންޑިއާ އިން ލިބޭ ފައިސާއިން އިނގިރޭސީންނަށް ބޮޑެތި މުސާރަތައް ދެމުން ކަމަށާއި އިންޑިއާ ރައްޔިތުންނަށް ދިނީ އަޅުންނަށް ދޭ މިންވަރަށް ކަމަށެވެ. "200 އަހަރުވަންދެން އަޅުވެތިކޮށް އެތައް މިލިއަން މީހުން މަރައި އެތައް ބިލިއަން ޕައުންޑެއްގެ ފައިސާ ފޭރި އެތައް މިލިއަން ބައަކަށް ޖިސްމާނީ، ނަފްސާނީ އަނިޔާތައް ކުރުމަށް ފަހު ނިންމައިލުމުން ޑިމޮކްރަސީއެއްގެ ވާހަކަ ދައްކައިލުމަކުން ނުފުދޭނެ."

ޝަޝީ ތަރޫރު ބުނީީ އިނގިރޭސި ދައުލަތުން އިންޑިއާއަށް ދިން ގެއްލުންތަކުގެ ހިސާބު ނުކުރެވޭނެ ކަމަށާއި އެކަށީގެންވާ ބަދަލެއްވެސް ނުދެވޭނެ ކަމަށެވެ. ނަމަވެސް ބަދަލެއް ދޭންޖެހޭކަން ޤަބޫލުކޮށް ކުރިއަށް އޮތްތަނުގައި ރަމްޒީ ބަދަލެއް ދިނުމަށް ގޮވައިލައްވާ ކަމަށެވެ. އަދި މަޢާފަށްވެސް އެދެންޖެހޭނެ ކަމަށެވެ.

އިނގިރޭސި ތަޚުތަށް މަލާމާތުގެ ރާގަށް ޝަޝީ ތަރޫރު ކުރީ ކުރިއަށް އޮތް 200 އަހަރަށް އަހަރަކު އެންމެ ޕައުންޑެއް ނަމަވެސް ދިނުމަށް ނަމަވެސް ގޮވައިލާ ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މިއީ ރަނގަޅުތަނުގައި ބުނެފައިވާ ހައްޤު ބަހެއް ކަމަށެވެ.

ޝަޝީ ތަރޫރުގެ ޔޫޓިޔުބް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް