އިނގިރޭސީން، ދިވެހި ޤައުމު ހިމާޔަތްކުރުމުގެ ނަމުގަ ރައްޔިތުން ވަގަށް ގެންދިއަ

އިނގިރޭސީން، ދިވެހި ޤައުމު ހިމާޔަތްކުރުމުގެ ނަމުގަ ރައްޔިތުން ވަގަށް ގެންދިއަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އިންގިރޭސި ވިލާތުން ދިވެހި ޤައުމު ޙިމާޔަތްކުރުމުގެ ނަމުގައި ދިވެހި ސަރުކާރަށް ނުއެނގި ދިވެހި ރައްޔިތުން ރާއްޖެއިން ވަގަށް ގެންދިއަ އެވެ.

ސަބުތަކާއިމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް އެއީ އިނގިރޭސި ވިލާތުން ރާއްޖޭގައި ހިންގާފައިވާ ޖަރީމާއެކެވެ.

ބުނެވޭ ގޮތުން އެންމެ ދެކުނު 4 އަތޮޅު ދިވެހި ދައުލަތުން ވަކިކުރުމަށް އުފެއްދި ސުވާދީބް ސަރުކާރުގެ ވެރިކަން ޢަބްދުﷲ ޢަފީފް ޤަބޫލުފުކުރެއްވެވީ އަފީފަށް އެއްވެސް މައްސަލައެއް ކުރިމަތިވެވަޑައިގެންފިނަމަ ޢަފީފަށް އިނގިރޭސި ދައުލަތުގެ ފުރިހަމަ ޙިމާޔަތް ދޭނެ ކަމުގެ ޔަޤީންކަންދޭ ލިޔުމެއް އިނގިރޭސި ރާނީ ސޮއިކުރައްވައި ޝާހީ ސިއްކަ ޖަހައި ދިނުމުންނެވެ.

ކަން މިހެން އޮތް ނަމަވެސް އިނގިރޭސި ދައުލަތުން ފުރަތަމަ އަފީފާއިމެދު އަމަލުކުރަން މަސައްކަތްކުރީ އެއީ ނެތް ލިޔުމަކަށް ހަދައިގެންނެވެ. ދިވެހި ސަރުކާރުން ރާއްޖޭގެ ބައެއް ވަކިކުރަން ނުރުހޭނެ ކަމާއި އެކަމަށް ފުރުސަތު ނުދޭނެކަން ޔަޤީން ކުރެވުމުން މަސައްކަތްކުރީ ދިވެހި ސަރުކާރުގެ ރުހުން ހޯދާށެވެ. ކޮންމެ ގޮތަކުން ނަމަވެސް އައްޑޫގައި ސަތޭކަ އަހަރަށް ވެރިވެ ތިބޭށެވެ. އަފީފް އުމުރަށް ޖަލަށް ފޮނުވާލައިގެން ނަމަވެސް އެމީހުންގެ މަޤްޞަދު ޙާޞިލުކުރުމަށެވެ.

އެމީހުންގެ މަސްލަހަތު ކުރިއަށް ނެރެ އަފީފަށް އެންގީ ސުވާދީބު ސަރުކާރު އުވާލައި ދިވެހި ދައުލަތުގެ ދަށަށް ދިއުމަށެވެ. އެވަގުތު އަފީފް ވިސްނެވީ އެފަދަ ގޮތަކަށް އަމަލުކުރައްވައިފިނަމަ ދިވެހި ސަރުކާރުން އޭނާ ހައްޔަރުކޮށް އަދަބުދޭނެކަމާއިމެދުގައެވެ.

އިނގިރޭސި ރާނީ ސޮއިކޮށް އޭނާއަށް ދިން ލިޔުން ދެއްކުމާއި ހަމައަށް އިނގިރޭސިން ތިބީ އޭނާއަށް ހިމާޔަތްދޭ ގޮތަކަށް ނޫނެވެ. މަނަވަރަށް އަފީފާއި އާއިލާ އަރުވައިގެން ސީޝެލްސްއަށް ގެންދިއައީ އެލިޔުމުގެ ސަބަބުން ސަލާމަތް ނުވެވުމުންނެވެ.

މިއީ ދިވެހި ޤައުމުގެ ތާރީޚެވެ. ބަދަލުކުރެވޭނެ ހަޤީޤަތްތަކެއް ނޫނެވެ. އަދި މިއަދުވެސް އިނގިރޭސި ދައުލަތުގެ އަމަލުތައް ފެންނަމުންދަނީ މިފަދަ ގޮތަކަށްކަމުގައި ދުނިޔެވެސް ޤަބޫލުކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް