މަހްރަމަކާ ނުލާ މުސްލިމް ނޫން ޤައުމަކަށް ދާން ބޭންވަނީ ސައުދީގެ މަދު އަންހެނެއް

މަހްރަމަކާ ނުލާ މުސްލިމް ނޫން ޤައުމަކަށް ދާން ބޭންވަނީ ސައުދީގެ މަދު އަންހެނެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މަހްރަމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމުން މުސްލިމް ނޫން ޤައުމަކަށް ދާން ބޭންވަނީ ސައުދީގެ ވަރަށް މަދު އަންހެނެއް ކަމަށް އެޤައުމުގެ ޓްރެވަލް އެޖެންސީތަކުން ބުނެފިއެވެ.

ޓްރެވަލް އެޖެންސީތަކުން ބުނީ މަޙްރަމަކާއި ނުލައި ސައުދީގެ އަންހެނުންނަށް ޤައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދާދިފަހުން ސަރުކާރުން ދިނުމުން ވިވަފާރިވެރި އަންހެނުންވެސް ދަތުރުކުރަނީ އަންހެނުންގެ ގްރޫޕުތަކުގެ ގޮތުގައިކަމަށެވެ. ނޫންނަމަ ކުދި ދަރިންނާއިއެކުގައިކަމަށެވެ.

ޓްރެވަލް އެޖެންސީތަކުން ބުނެފައިވަނީ މިގޮތަށް ވެސް ވަރަށް މަދު އަންހެނަކު ނޫނީ ދަތުރުކުރަނީ އަރަބި، މުސްލިމް ޤައުމުތަކަށް ކަމަށާއި ޔޫރަޕާއި އެނޫންވެސް މުސްލިމް ނޫން ޤައުމުތަކަށް ދަތުރުކުރަނީ ވަރަށް މަދު އަންހެނަކު ކަމަށެވެ.

"ގިނަ އަންހެނުން ދާން ބޭނުންވަނީ ދުބާއީ، ބަޙްރައިން، މިޞުރު ފަދަ އިސްލާމީ ޤައުމުތަކަށް."

ސަރުކާރުގެ ޓްރެވަލް އިދާރާއިން ބުނީ މުސްލިމް ނޫން ޤައުމުތަކަށް ސައުދީ އަންހެނުން ދާން ބޭނުން ނުވަނީ އެޤައުމުތަކުގައި އިސްލާމް ދީނާއި ނުގުޅޭ ކަންތައްތައް ހުންނާތީ ކަމަށެވެ. އަދި އިސްލާމީ ސަގާފަތް ނެތް ޤައުމުތަކަށް ދާން ބޭނުން ނުވަނީ ކަމަށެވެ.

ސައުދީ ބައެއް އަންހެނުން ބުނަނީ ވަޒީފާ އަދާކުރުމުގައި އެމީހުން ދަނީ ފިރިހެނުންނާއި އެއްސަފުގައި ސާބިތުކަން ދައްކަމުން ކަމަށްވާއިރު ހުރިހައި ކަމެއްގައި ވެސް އެމީހުންނަށް ފުރުޞަތުތައް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

ހުޅަނގުގެ ސަޤާފަތް ބޭނުންވާ ބައަކުވެސް ސައުދީގައި އުޅޭތީ، އެޤައުމުގައި ސަރުކާރުން ގެންދަނީ ހުޅަނގުގެ އުޞޫލުތަކަށް ދޫދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް