ވެރިކަމުގަ އަބަދު ހުންނަން ވިސްނާ މީހާ އެހެރީ ފެއިލްވެފަ: އޮބާމާ

ވެރިކަމުގަ އަބަދު ހުންނަން ވިސްނާ މީހާ އެހެރީ ފެއިލްވެފަ: އޮބާމާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ޤައުމުގެ ވެރިކަމުގައި އަބަދުވެސް ހުންނަންޖެހޭނީ ތިމާ ކަމަށް ޤަބޫލުކޮށް އެކަމަށް މަސައްކަތްކުރާ މީހާ އެހެރީ ފެއިލްވެފައިކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

އޮބާމާ މިމޭރުމުން ވިދާޅުވީ ކެންޔާ އަށާއި އިތިއޯޕިއާއަށް ކުރެއްވެވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެފްރިކަން ޔޫނިއަން އަށް އަމާޒުކުރައްވައި ތަޤްރީރުކުރައްވަމުންނެވެ.

"ޤައުމުގެ ވެރިކަން ކުރަންޖެހޭނީ ހަމައެކަނި ތިމާކަމަށް ޤަބޫލުކޮށްގެން ވެރިކަންކުރާ ކޮން ވެރިއަކަށްތަ ޤައުމުގެ އެއްބައިވަންތަކަން ހިމާޔަތް ކުރެވުނީ؟ ގިނަ ލީޑަރުންތަކެއް ފެއިލް ވަމުން ދަނީވެސް އެލީޑަރުން ވެރިކަން ކުރާ ޤައުމުތައް ފެއިލްވަމުން ދަނީވެސް މިސަބަބަށްޓަކައި. އެހެންވެ އަހަރެން ނެލްސަން މަންޑޭލާއަށް އައްސަރިބަހާ ސާބަސްދެނީ. އެހެންވެ އަހަރެން އޭނާއަކީ ނަމޫނާއަކަށް ބަލައި ތައުރީފް ކުރަނީ."

އޮބާމާ ވިދާޅުވީ ޤައުމުތައް ހަލާކުވެ، ރައްޔިތުން ބިކަވަމުންދަނީ ވެރިކަމުން ފައިބަން ވެރިން ބޭނުން ނުވުމުން ކަމަށާއި ވިސްނަން ޖެހޭނެ ކަމަކީ އެއްވެސް މީހަކީ އަބަދު ވެރިކަމުގައި ހުންނަން ޖެހޭނެ މީހަކު ނޫން ކަމެވެ. އަދި ވެރިކަމުގައި ހުންނަ މީހަކު ހުންނަން ވާނީ އަބަދުވެސް ވެރިކަމުން ފައިބަން ތައްޔާރަށް ކަމަށާއި ދެން އަންނަ ވެރިއަކާއި ވެރިކަން ހަވާލުކުރަން ތައްޔާރަށް ކަމަށެވެ.

"ތެދަށް ބުނާނަމަ އަހަރެން އެމެރިކާއަށް ކޮށްެދޭން ބޭނުން ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި. އަހަންނަށް ވެރިކަމުގައި ނުހުރެވެންވީ ސަބަބެއް ވެސް ނެތް. ނަމަވެސް އެބައޮތް ބޮޑު ސަބަބެއް. ނައްތައިލެވެން ނެތް ބޮޑު ސަބަބެއް. އެއީ އެމެރިކާގެ ޤާނޫނު އަސާސީ. އެއްވެސް މީހަކަށް ޤާނޫނަށްވުރެ މައްޗަކަށް ނުއެރޭނެ. އަރަން ވިސްނައިގެންވެސް ނުވާނެ."

އޮބާމާ ވިދާޅުވީ މިހާރު އޭނާ ވިސްނަވަމުން ގެންދަވަނީ ވެރިކަމުގައި އެންމެ ދުވަހަކުވެސް އިތުރަށް ހުންނެވޭނެ ގޮތަކާއިމެދު ނޫން ކަމަށެވެ. "މިހާރު އަހަރެންގެ ވިސްނުމުގައި ހުރީ ވެރިކަން އަމާންކަމާއިއެކު ހަވާލުކުރާނެ ގޮތަށް. އެއަށްފަހު އާއިލާއިއެކު ވަގުތު ހޭދަ ކުރުމަށް. އުމުރުން ބާކީ އޮތްނަމަ އޮތް ދުވަހެއްގައި އިންސާނިއްޔަތަށް ޚިދުމަތްކުރާނެ ގޮތްތަކަށް."

އޮބާމާ ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލުގެނެސް ވެރިކަމުގައި ހުންނަން މަސައްކަތް ކުރީމާ ކުރިމަތިވާނެ މައްސަލަތައް ދާދިފަހުން ވަނީ ބުރުންޑީން ފެނިފައި ކަމަށެވެ. ޤައުމުގެ އަމާންކަން ގެއްލި ކުރިމަތިވާނީ ބޮޑެތި މައްސަލަތައް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް