ދިވެހި ކޮންޓެންޖެންޓް ރީ ޔޫނިއަން އަށް ހިނގައްޖެ

ދިވެހި ކޮންޓެންޖެންޓް ރީ ޔޫނިއަން އަށް ހިނގައްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދިވެހި ކޮންޓިންޖެންޓް ރީޔުނިއަން އަށް ހިނގައްޖެއެވެ.

މިފަހަރު ރާއްޖެއިން ގޮސްފައިވަނީ ވަރަށްބޮޑު ކޮންޓިންޖެންޓެކެވެ. ކޯޗުންނާއި، މެނޭޖަރުންނާއި، އެތްލީޓުންނާއިއެކު ޖުމްލަ ގާތްގަނޑަކަށް 270 ކޮންޓިންޖެންޓުގައި ހިމެނެއެވެ. ދިވެހި ކޮންޓެންޖިންޓުގައި 10 ކުޅިވަރަކުން 12 ޓީމު ހިމެނެއެވެ.

ކޮންޓިންޖެންޓު ފުރުމުގެ ކުރިން ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ކޮންޓިންޖެންޓާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ. އަދި ކުޅޭ މެޗުތައް ކާމިޔާބުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއީ މިފަދަ މުބާރާތަކަށް ރާއްޖެއިން ފޮނުވާ އެންމެ ބޮޑު ކޮންޓިންޖެންޓްކަމާއި ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ބައިވެރިވާ ކޮންޓިންޖެންޓެއްކަން ފާހަގަ ކުރައްވަވައި ރާއްޖެއަށް މުބާރާތުގައި ރީތި ނަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކޮށްދިނުމަށް ރައީސް ޔާމީން ވަނީ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ޔާމީން ވިދާޅުވީ ކުޅިވަރު ކުޅެނީ ހަމައެކަނި މުބަރާތުގައި ބައިވެރިވުމަށް ނޫން ކަމަށައި ހަމައެކަނި ރީތި ކުޅުމެއް ދެއްކުމަށްވެސް ނޫން ކަަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިފައި ހުރީ ކުޅިވަރުތަކުގައި، ދިވެހިރާއްޖޭގެ ޓީމް، ސްކިލްގެ ގޮތުން، ފަންވަރުގެ ގޮތުން މޮޅުކަން. އެހެން ނަމަވެސް، ކުޅިވަރު ކުޅޭއިރު، 5 ސެޓް ކުޅޭއިރު، 2 ސެޓުން އަޅުގަނޑުމެން މޮޅުވެފައިވެސް، 3 ވަނަ ސެޓް، 4 ވަނަ ސެޓް، 5 ވަނަ ސެޓް ގެއްލޭތަން އެބަ ދިމާވޭ. މިކަމަކީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ކުޅިވަރު ކުޅޭ އެއްވެސް ޓީމަކުން ގަބޫލުކުރާނެ ކަމެއް ކަމަކަށް." ރައީސް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު