މެޔޯޓް އަތުން ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެ

މެޔޯޓް އަތުން ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރޭ މެޔޯޓް އަތުން 3-1 އިން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

ރިޔޫނިއަންގެ ސެއިންޓް-ބެނޮއިޓްގައި ކުޅުނު މި މެޗުގެ 21 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑު ނަގައިދިނީ މުހައްމަދު އުމެއިރެވެ. ޒުވާން ފޯވާޑް ހަސަން ނާއިޒް އޭރިއާ ތެރެއިން ދިން ބޯޅަ، ބޭރު ރޮނގު މަތިން ކަހަލަ ގޮތަކަށް ކޮންޓްރޯލްކުރުމަށް ފަހު ހަނި އޭންގަލުން ޖަހައި އުމެއިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އުމެއިރުގެ ގޯލުގެ ކުރިން މެޔޯޓް އިން ވަނީ ނުރައްކާތެރި ތިން ހަމަލާ ފޮނުވާލައިފަ އެވެ. އެގޮތުން ހަ ވަނަ މިނެޓުގައި މެޔޯޓްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ގޯލްކީޕަރު މުހައްމަދު އިމްރާނަށް ރަނގަޅަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައި އެ ޓީމުގެ އެހެން ކުޅުންތެރިއަކު ފޮނުވާލުމުން ދިޔައީ ގޯލް މަތިންނެވެ. އޭގެ ފަހުން އެ ޓީމުގެ ޔަހުޔާ ބެން ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ރާއްޖޭގެ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭގެ ލަނޑަށް ފަހު މެޔޯޓް އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. އެކަމަކު ރާއްޖޭން ވަނީ ކައުންޓާގައި ނުރައްކާކޮށްފަ އެވެ. އެގޮތުން ނާއިޒް އެކަނިމާއެކަނި އަރައި އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ފޮނުވާލަން އުޅެނިކޮށް އެ ބޯޅަ ކޯނަރަކަށް ވަނީ ބޭރުކޮށްފަ އެވެ.

ދެ ވަނަ ހާފުގައި މެޔޯޓް އިން ކުރިއަށް ވުރެ ރަނގަޅަށް ކުޅެ ހަމަލާތައް އިތުރުކުރި އެވެ. ނަތީޖާއަކަށްވީ އެ ޓީމުން ނަތީޖާ ހަމަހަމަކުރުމެވެ. އޭރިއާ ތެރެއިން އޮއުސެނޭ ބޮލުން ގޯލް ޖެހިއިރު އޭނާ ވަނީ 83 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެން އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު