ޓްރެފިކް ޖުރުމަނާ މައާފް ކުރުމަކީ ޤަވާއިދާއި ޚިލާފަށް ޕާކުކުރެވޭނެ ލައިސަންސެއް ނޫން: ނިހާން

ޓްރެފިކް ޖުރުމަނާ މައާފް ކުރުމަކީ ޤަވާއިދާއި ޚިލާފަށް ޕާކުކުރެވޭނެ ލައިސަންސެއް ނޫން: ނިހާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު




ޓްރެފިކް ޤަވާއިދާއި ޚިލާފަށް ޕާކުކޮށްގެންނާއި އެނޫން ވެސް ަމައްސަލަތަކުގައި މިހައި ތަނަށް ޖުރުމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މައާފްކޮށްދިނުމަކީ އިތުރަށް ޤަވާއިދާއި ޚިލާފުވުމަށް ދެވޭ ހުއްދައެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ވިދާޅުވެއްޖެއެވެ.





ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިޖުރުމަނާ މައާފް ކުރަނީ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ހަދިޔާއެއްގެ ގޮތުން ކަމަށާއި އެ ހަދިޔާގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.





ނިހާން ވިދާޅުވީ މިހާރު ކުރެވިފައިވާ ޖުރުމަނާތައް މައާފް ކުރެވުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ޤަވާއިދާއި ޚިލާފަށް ޕާކުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ޓޯވ ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.





ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އުޅަނދުތައް ވެސް އެހެން މީހުންނަށް އުނދަނގޫނުވާނެ ގޮތަށް ޕާކުކުރުމަށް ސަމާލުކަން ދިނުމަށް ނިހާން ވަނީ އެދިވަޑައިގެންފައެވެ.


މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދުު ފަލާހް ވިދާޅުވީ ޕާކުކުރާނެ ތަންތަން ނެތުމަކީ މައްސަލައެއް ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދަން އަވަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަަމަށެވެ. ނަމަވެސް ލައިސަންސް ނެތި ދުއްވުމަކީ މުޅިން ތަފާތު މައްސަލައެއް ކަަމަށާއި އެކަމަށް ލުއިދޭއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް