ސަރުކާރުން ކުރާ ކަންކަން ކުރަނީ ރަނގަޅަށް އެނގިތިބެގެން: ރައީސް

ސަރުކާރުން ކުރާ ކަންކަން ކުރަނީ ރަނގަޅަށް އެނގިތިބެގެން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތުސަރުކާރުން ކުރާ ކަންކަން ކުރަނީ އެކަންކަން ވަރަށް ރަނގަޅަށް އެނގި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ ފުވައްމުލަކުގެ 4 ބޭފުޅަކު ޕީިޕީއެމްއަށް ސޮއިކުރެއްވުމަށް މިއަދު މުލީ އާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އޮތީ ޑިމޮކްރަސީގެ ޅަފަތުގައި ކަމަށާއި ކަންކަން ކުރަނީ ރަނގަޅަށް ނުއެނގި ތިބެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުން ޤަބޫލުފުޅު ކުރައްވަން ދަތިފުޅުކަމަށެވެ."މުއައްސަސާތަކުގައިވެސް ރައްޔިތުންގެ މަޖިލީހުގައިވެސް އަދި ސަރުކާރުގެ އިސް މަޤާމުތަކުގައިވެސް ކަންކަން ނިންމަވާ ފެންވަރުގައި ތިއްބެވީ ރަނގަޅަށް ކަންކަން އެނގިވަޑައިގަންނަވާ އެކަންކަމުގެ މައުލޫމާތު ރަނގަޅަށް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން. ޑިމޮކްރަސީ ހަރުދަނާކަމާއިއެކު ކުރިއަށްދާ ޤައުމުތަކުގައި ކަންކަމުގެ މައުލޫމާތުވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން." ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ކަންކަން ނިންމަވާ ފެންވަރުގައި ތިއްބެވި ބޭފުޅުންނަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކަންކަން ކުރަމުން އަންނަ ގޮތް އޮޅިވަޑައި ނުގަންނަވާ ކަމަށެވެ."އެއީ ރަނގަޅަށް ކުރާ ކަމެއް ަނަމަވެސް ހައްޤުތަކަކަށް އަރައިގަނެވޭ ކަމެއް ނަމަވެސް އަޅުގަނޑުމެން ކުރާ ކަމެއް ކުރަނީ ނުއެނގި ތިބެއެއް ނޫން. ރަނގަޅަށް އެނގި ތިބެގެން." ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ ޑިމޮކްރަސީގެ ލަފަތުގައި ނޫން ކަަމަށާއި ޑިމޮކްރަސީ އޮތީ ދޮންވެ ފައްކާވަމުން އަންނަ ވެށްޓެއްގައި ކަަމަށެވެ.ރައީސް ޔާމީން ވިޑާޅުވީ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރާއްޖޭގެ ސަފުތައް ބަދަހިކުރައްވައި އަމާން ވެށްޓެއް ޤާއިމުކޮށްދެއްވައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ދެއްވޭތޯ ކުރައްވާ މަސައްކަތްޕުޅުތައް ކަަމަށެވެ.ރައީސް ޔާމީން ވިދާޅުވީ މިނިވަން 50 ގެ ތެރެއިން ފާހަގަކުރެވިގެން ދިއައީ އަންނަން އޮތް 50 އަހަރަށް ވެސް ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި ހަރުލާފައި ހުންނާނެ ޤައުމީ ކަންތައްތަކެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މަގުމައްޗަށް ނުކުމެ ހަރަކާތްތައް ހިންގި ނަމަވެސް ހުރަސްކޮށްގެން ނުވާނެ ރޮނގުތައް ހުރަސްކޮށްގެން ނުވާނެ ކަަމަށެވެ. އަދި މިހާރު އެކަންކަން އިސްވެ ތިބެ ކުރަނީ ކުރީ ސަރުކާރުގެ އިސް މީހުން ކަަމަށްވުމުން އެކަންކަން އެމީހުންނަށް އޮޅިފައި ނުވާނެ ކަަމަށެވެ."އަޅުގަނޑުމެންވެސް ސިޔާސީ އިދިކޮޅު ކަންކަމުގައި އުލެފީމު. ނަމަވެސް ރޮނގު ހުރަސްކުރަން ނުޖެހޭ ހިސާބުތަކުގައި ތިބެގެން ހުރަސް ނުކޮށް ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިއައީ."ރައީސް ޔާމީން ވިދާޅުވީ އެމީހަކު ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ނޫނީ ނުކުރާކަމެއްގެ ނަތީޖާއެއްގެ ގޮތުން ބަންދުވުމަކީ ތަފާތު މައްސަލައެއް ކަަމަށެވެ."ކުރާ ކަންތަކުގެ ނަތީޖާއެއްގެ ގޮތުން ބަންދުވާ ފަހަރުވެސް އާދޭ. ކަމެއް ނުކޮށް ހުއްޓާ ބަންދުވާ ފަަހަރުވެސް އާދޭ." ރައީސް ޔާމީން ވިދާޅުވީ މިހުރިހައި ދަތިތަކާއިއެކުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރާއްޖެއަށް ހަމަޖެހުން ގެނެސް ދެއްވުމަށް ކަމަށެވެ. "ރައްޖެއަށް ހަަމަޖެހުން ގެނެވޭނީ ޤާނޫނީ ބާރު ހިނގަން ފުރުޞަތު ދީގެން. އެކިފަހަރު އެކި ގޮތަށް ކަންކަން ކުރަން ފުރުޞަތު ދީގެން އަޅުގަނޑުމެންނަކަށް މިކަމެއް ނުވާނެ." ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް