މިސްކިތްތަކަށް ހަމަލާދޭނީ ޝައިތާނާގެ ބައިވެރިން: އިމާމް

މިސްކިތްތަކަށް ހަމަލާދޭނީ ޝައިތާނާގެ ބައިވެރިން: އިމާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

މިސްކިތްތަކަށް ހަމަލާދީ މީހުން ޝަހީދުކުރާނީ ޝައިތާނާގެ ބައިވެރިން ކަމަށް ހަރަމްފުޅުގެ އިމާމް އުސާމާ ޚައްޔަތު ވިދާޅުވެއްޖެއެވެ.

އިމާމް މިމޭރުމުން ވިދާޅުވީ މިދިއަ ބުރާސްފަތި ދުވަހު އާސިރުގެ މިސްކިތެއްގައި ޖާނުން ފިދާވެގެން 15 މީހުން މަރައި އެތައް ބައަކު ޒަކަމްކޮށްފައިވާތީ ހުކުރު ދުވަހުގެ ޚުޠުބާގައި އެފަދަ އަމަލުތައް ކުށްވެރި ކުރައްވައި އެފަދަ އަމަލުތައް ނުކުރުމަށް ބާރު އަޅުއްވައި ނަޞޭޙަތްތެރިވެވަޑަައިގަންނަވަމުންނެވެ.

"އެފަދަ އަމަލުތައް ކުރާނީ ޝައިތާނާގެ ބައިވެރިން. އެއީ އަހަރެމެން، މުސްލިމުންގެ ތެރެއިންވާ ބައެއް ނޫން. އެއީ ޝައިތާނާގެ މަގު ޚިޔާރުކޮށްގެން ތިބޭ ޝައިތާނާގެ ބައިވެރިން. ﷲގެ ގޮކޮޅުތަކުގައި ﷲއަށް އަޅުކަން ކުރަން ތިއްބައި މީހުން ޝަހީދުކުރުމަކީ ﷲއަށް ބިރުވެތިވާ ހަމައެކަކުވެސް ކުރާނެ ކަމެއް ނޫން."

ކީރިތި ޤްރްއާނުގެ އާޔަތްތަކުން ހެކި ދައްކަވަމުން އިމާމް ވިދާޅުވީ މީހުން މެރުމަކީ ޝައިޠާނާ މީސްތަކުން ލައްވާ ކުރުވާ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެފަދަ އަމަލުތައް ކުރާނީ އީމާން ތެރިކަން ހިތުގައި ނެތް މީހުން ކަމަށެވެ.

"ޝައިތާނާ އަބަދުވެސް މަސައްކަތްކުރާނީ މީސްތަކުން ލައްވައި ބޮޑެތި ފާފަތަކަށް އަރައިގަތުމަށް. އޭއީ އޭނާގެ ބައިވެރިން އިތުރުު ކުރުމަށް ކުރަމނުން ގެންދާ މަސައްކަތް. މުސްލިމުން ޖެހޭނީ އެކަންކަމާﷲ ދުރުހެލިވާން. މުސްލިމުންނަކީ އަޚުން. އެންމެހައި މީސްތަކުންނަކީވެސް އިންސާނުން. އިންސާނުން މަރަންޖެހޭ، މަރަން ހުއްދަވާ ޙާލަތްތައް ﷲ ވަނީ ބަޔާންކޮށްދެއްވަވާފަ، އެނޫން ގޮތަކަށް އެއްވެސް މީހަކު މަރައިގެން ނުވާނެ."

އިމާމް ވިދާޅުވީ ނަމާދުކުރާމީހާ އެއަދާކުރަނީ އެންމެ މަތިވެރި އަޅުކަން ކަމަށާއި ނަމާދުގައި މީހާ ހުންނައިރު އެހުންނަނީ ﷲ އާއި އެންމެ ކައިރިވެގެން ކަމަށެވެ. އެފަދަ ހާލަތުގައި ހުންނަ މީހަކަށް ހަމަލާދީ މެރުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސައުދިއަރަބިޔާގެ އެންމެ އިސް މުފްތީ ވިދާޅުވީ މިސްކިތުުގައި ނަމާދަށް ތިބޭ މީހުން ޝަހީދު ކުރުމަކީ ހިންގޭނެ އެންމެ ބޮޑު އަނިޔާވެރި އަމަލުކަމަށެވެ.

ސައުދި އަަރަބިޔާގެ އާސިރުގެ މިސްކިތެއްގައި މެންދުރު ނަމާދަށް ތިއްބައި ޖާނުން ފިދާވެގެން 15 މީހުން ޝަހީދުކުރުން އެއީ ސައުދީގައި ހިންގި މިފަދަ 3 ވަނަ ޖަރީމާއެވެ. މީގެ ކުރިންވެސް ވަނީ ދެ މިސްކިތެއްގައި ޖާނުން ފިދާވެގެން މިފަދަ އަނިޔާވެރި އަމަލުތައް ހިންގާފައެވެ.

މިހަމަލާގައި މަރުވެފައިވަނީ ސަލާމަތީ ބާރުތަކުގެ 12 މީހުންނާއި ސްޕރޝަލް އިމަރޖެންސީ ފޯސަސް ސެންޓަރުގައި މަސައްކަތްކުރާ 3 މުވައްޒިފެކެވެ.

މިހަމަލާ ދީފައި ވަނީ އައިއެސް އިން ކަމަށް އެ ޖަމާއަތުން މިހާރު ވަނީ ބުނެފައެވެ.

ޢަސިރަކީ ސައުދީ އާއި ޔަމުނުގެ ބޯޑަރު ސަރަހައްދުގައި އޮންނަ އަވަށެކެވެ. މިހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 7 މީހުން ހިމެނެއެވެ.

މިހަމަލާގައި ޒަޚަމްވީ މީހުންނަށް ލޭ ބޭނުންވެގެން ޚާމިސް މުޝައިތު ހޮސްޕިޓަލުން އެދުމުން އެތައް ސަތޭކަ ބައަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. މީދިއާ ރިޕޯޓުތައް ބުނާ ގޮތުން ލޭ ހަދިޔާކުރަން ދިއަ މީހުންގެ އަދަދު ގިނަ ކަމުން ހޮސްޕިޓަލުގެ ސަރަހައްދު އޮތީ އެކީ ފުރިފައެވެ.

ލޭ ހަދިޔާކުރަން ދިއަ މީހުންތެރޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ގައިން ލޭ ނަގަން ޑޮކްޓަރުން ދެކޮޅު ހެދުމުން ނުކުމެގެން ދިއައީ ރޮމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު