އަޅުގަނޑު ފެށި ލުނބޯގެ މަޝްރޫއު ވަރަށް ކާމިޔާބު: ނިޔާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އަޅުގަނޑު ފެށި ލުނބޯގެ މަޝްރޫއު ވަރަށް ކާމިޔާބު: ނިޔާ
ރާއްޖޭގައި ލުނބޯ އާލާކުރަން މިދިޔައަހަރު ކެމްއިން ފެށި ލުނބޯގެ މަޝްރޫއު ވަރަށް ކާމިޔާބު ކަމަށް އެތަނުން ބުނެފިއެވެ.

ކެމްގެ ފަރާތުން ވާހަކަ ދައްކަމުން މުހައްމަދު ނިޔާޒު (ނިޔާ) ވިދާޅުވީ މި މަޝްރޫއު ފުރަތަމަފެށީ ފުއްވައްމުލަކާއި ލ. އަތޮޅުގައި ކަމަށެވެ. އެދެ އަތޮޅުގައިވެސް އެކަން ކާމިޔާބުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރު ނިމި އައު އަހަރު ފެށުނުއިރު އެމަޝްރޫއުގެ ދަށުންވަނީ އިތުރު ރަށްރަށުގައި ލުނބޯ އަލާކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ބ. ފެހެންދުއާއި، ނިޔާޒުގެ އަމިއްލަ ރަށް ކަމަށްވާ ގދ. ފަރެސްމާތޮޑާއި، އެއަތޮޅު ތިނަދުއާއި، ގއ. ވިލިގިއްޔާއި، ހދ. ގެ ބައެއް ރަށްރަށް ހިމެނެއެވެ.

ކުރިއަށްއޮތް ތަނުގައި އިތުރު ރަށްރަށަށްވެސް ލޮނބޯގަސް ފޮނުވަން ނިޔާވަނީ ނިންމައިފައެވެ. މީގެ އިތުރަށް ފޯދިފައިވާ ލުނބޯގަސް ގެނެސްގެން އޭނާގެންދަނީ އާންމުންނަށް ވިއްކަމުންނެވެ.
މިއަދު އޮންލައިން