އަޔަންމޭން ޓްރައިތެލޯން ފުރަތަމަ ފަހަރަށް ދިވެއްސަކު ފުރިހަމަކޮށްފިއެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށް ގިނަބަޔަކު ޤަބޫލު ކުރާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކޮށް މި ޝަރަފް ހޯދި ދިވެއްސަކީ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ.
ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ބޭގައިއޮތް އަޔަންމޭން އެފްރިކަން ޗެމްޕިއަންޝިޕުގައިރާއްޖެ ދުށް އެންމެ ކާމިޔާބު އެއްއެތުލީޓް ކަމަށްވާ ކުޑަ ހުސައިން ވަނީ ފެތުމާއި ދުވުންއަދި ބައިސިކަލް ދުއްވުމުގެ މި ބުރަ ރޭސް ފުރިހަމަކުރީ 15 ގަޑިއިރާއި23:38 މިނެޓުން ނިންމާފައެވެ.
މިއީ އެއްވެސް ބްރޭކެއް ނުނަގާ ފުލުފުލުގައި ފުރިހަމަކުރަން ޖެހޭ އިވެންޓަކަށްވާ އިރު، އެންމެ ލަސްވެގެން 17 ގަޑިއިރުގެތެރޭގައި މިރޭސް ނިންމަންޖެހެއެވެ.
ޢުމުރުން 45 އަހަރާއި 49 އަހަރާއިދެމެދުގެ ބައިގައި ވާދަކޮށް ކުޑަހުސައިން 3.8 ކިލޯމީޓަރުގެ ފެތުމުގެ އިވެންޓް1 ގަޑި 40:55 މިނެޓުން ނިންމި އިރު، 180 ކިލޯމީޓަރުގެބައިސިކަލް ދުއްވުމުގެ އިވެންޓް ފުރިހަމަކުރީ 7 ގަޑިއިރާއި 36:07 މިނެޓުންނެވެ. އަދި 42.2 ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރީ 5 ގަޑި 49:54 މިނެޓުންނެވެ.
ކުޑަހުސައިން ބުނީ މިއީ 2006 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ އުއްމީދެއް ކަމަށާއި މި އިވެންޓުގައި ބައިވެރިވާ ފުރަތަމަދިވެއްސަށްވުމަށް ކުރަމުން އައި އުއްމީދުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
އެގޮތުން ފައި ހަލާކުވެ ދެ ކަކޫ އޮޕަރޭޝަން ކުރަން ޖެހުން ފާހަގަ ކުރަމުން އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑުކާމިޔާބެއް ކަމަށް ޤަބޫލުކުރާކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ކުޑަހުސައިން ބުނީ މި އިވެންޓްގައި ބައިވެރިވީ އެކި ޢުމުރުގެ ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައިތިބުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދިކުރަން ބޭނުންވާ ކަމެއްޙާޞިލުކުރަން ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަކާމިޔާބުވާނެކަން އަންގައިދިނުން ކަމަށެވެ.