މައިލޯ ފައިވްކޭ ގެ ނަމުގައި ދުވުމެއް ބާއްވަނީ

ކިޔުމަށް ހޭދަވާނީ 1މ 8ސ
މައިލޯ ފައިވްކޭ ގެ ނަމުގައި ދުވުމެއް ބާއްވަނީ
މައިލޯ ފައިވްކޭ ގެ ނަމުގައި ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ދުވުމަކީ ޓީމް ރޭހެއް ކަމަށާއި މި ދުވުން އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ މިއީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމާއިދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްހޭލުންތެރި ކުރުމާއެކު އެކުވެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ރޭހެއް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި ރޭސްތަކާއި މި ރޭސް ތަފާތުވާނެ ކަމަށާއި މިއީ ޓީމް ވޯކުގެ ތެރެއިން 5 ކިލޯ މީޓަރުގެ ރޭހެއް ފުރިހަމަކުރުމަށް ހުޅުވާލާ ފުރުޞަތަކަށްވާ އިރު، މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަކުންފުނިތަކަށްވެސް މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ސްޕޯޓްސް ކޯޕަރޭޝަނުން ބުންޏެވެ.

މި ރޭހުގައި 5 ދުވުންތެރިން ހިމަނައިގެން ޓީމުތައް ހެދޭއިރުރޭހުގައި ބައިވެރިވާ ޓީމްތަކަށް އަމާޒުކޮށްގެން ތަމްރީންޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ރޭހުގެ ވަނަތަކަށްދާ ފަރާތްތަކަށް އަގިބޮޑެތި އިނާމުތަކެއް ލިބޭ އިރު، މެއިން ސްޕޮންސަރމައިލޯ އާއެކު ހޯސްޓިންގޕާޓްނަރަކަށް އެޗްޑީސީ އަދި މީޑީއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ސަން މީޑިއާގުރޫޕެވެ.
މިއަދު އޮންލައިން