މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލު މެޗު ކުޅޭ ގަޑިއަށް ބަދަލުގެނެސްފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ކްލަބް މޯލްޑިވްސް އިން ބުނީ މޫސުން ތަންނުދިނުމުގެ ސަބަބުން އަންހެން ފައިނަލް މެޗު ލަސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރިން މިރޭ ކުޅުމަށް ނިންމާފައިވާ ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު މިހާރުކުޅުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހަވީރު 16:30 ގައެވެ.
މިއަހަރުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި ޓީމް ފެނަކައެވެ.