މާރިއާ 3 ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފި
ކަނޑުމަތީގައި ހާލުގައި ޖެހުނު މާރިއާ 3 ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފިއެވެ.
އެމީހުން މިއަދު ހެނދުނު މާލެ ގެނައީ އިންޑިޔާ މަނަވަރު އައިއެންއެސް ކިރިޗްގައެވެ. އަދި މާލޭ ބަނދަރަށް އައިއެންއެސް ކިރިޗް މިއަދު ހެނދުނު އައުމުން މާރިއާ-3ންސަލާމަތްކޮށްގެން ގެނައި 6 މީހުން މާލެ ބޭލީ ކޯސްޓްގާޑުގެ ޝިޕްނޫރައްދީނުގައެވެ.
މި ހާދިޘާއާއި ގުޅޭގޮތުން މާރިޔާ 3ގެ ކެޕްޓަން އާދަމް ނައީމް ބުނީ ހާލުގައި ޖެހުނީ ވިއްސާރަވެ، ކަނޑުގަދަވެ، ވައިކޮޅަށް ދުއްވޭވަރު ނުވެގެން ކަމަށެވެ. އަދި އެގޮތަށް ތިއްބާ އައި ކޮޅިގަނޑެއްގައި ރޭމްޕު ކަނޑައިގެން ދިއުމުން އެއްގޮތަކަށްވެސް ކުރިއަށް އާދެވޭވަރު ނުވީ ކަމަށެވެ.
ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ޚަބަރެއް ނުވެގެންހޯދި "މާރިޔާ-3" ކޮޅުވެއްޓީގައި ތިބީ ތ. އަތޮޅުވިލުފުއްޓަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ އެއުޅަނދުގެ ކެޕްޓަންވިލުފުށީ ފިނިޔާގޭ އާދަމް ނައީމާއި އެރަށު ކޮށިބިއްލޫރިގޭ ޒުލައިޚާއުސްމާނެވެ. ދެން ތިބީ 4ބިދޭސީންނެވެ.
އެ އުޅަނދު ގެއްލިގެން މިދިޔަ ބްރާސްފަތި ދުވަހު އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވާ އިރު، އެއުޅަނދު ފެނުނީ މެއި 20 ވަނަ ދުވަހުގެ ރޭ އިންޑިއާގެއަސްކަރީ މަތިންދާބޯޓަށެވެ.
މާރިއާ 3ގައި ތިބި މީހުން މާލެ ގެނެސްފައިވީ ނަމަވެސް ކޮޅުވެއްޓި ވަނީ ކަނޑުމައްޗަށްދޫކޮށްލާފައި ކަމަށާއި އުޅަނދު މާލެ ގެނައުމަށް ސެނޯކް ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.