އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީޝެލްސްގެ ނައިބް ރައީސް ކަމަށް އަހުމަދު އަފީފް އިންތިޚާބްވެއްޖެ

ސީޝެލްސްގެ ނައިބް ރައީސް ކަމަށް އަހުމަދު އަފީފް އިންތިޚާބްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

 ސީޝެލްސްގެ ނައިބް ރައީސަކަށް ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ލީޑަރު އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފް އިންތިޚާބްވެއްޖެއެވެ. 

ސީޝެލްސްގެ މިހާރުގެ ރައީސް ޑެނީ ފައުރޭއާ ވާދަކުރައްވައި އިންތިހާބް ކާމިޔާބްކުރެއްވީ އިދިކޮޅު ލީޑަރު ވަވެލް ރާމްކަލަވަންއެވެ. ވެވެލް ރަމްކަލަަވަންގެ ރަނިން މޭޓަކީ އަހުމަދު އަފީފް އެވެ. ވަވެލް ރާމްކަލަވަން މި އިންތިހާބް ކާމިޔާބްކުރެއްވީ 54.9 ޕަސެންޓް ވޯޓުންނެވެ.

ސީޝެލްސްގެ ސަރުކާރުގެ އިސް މަގާމުތަކެއް އަހުމަދު އަފީފް ވަނީ ފުރުއްވައިފައެވެ. އޭގެ ތެރޭގައި ސީޝެލްސްގެ ނޯވޯ ބޭންކް އަދި ސީޝެލްސް ސޭވިން ބޭންކްގެ ޗެއާމަންކަން ކުރައްވާފައި ވެއެވެ. އަދި އަހުމަދު އަފީފް ވަނީ މީގެ ކުރިން ޝީޝެލްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމާއި، މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ